ކ. މާލެ
|
30 ޖޫން 2018 | ހޮނިހިރު 20:49
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް - އޭނާއަށް ރިޔާސީ ޓިކެޓް ދިނުމަށް ފާސްކުރީ، ކޮންގްރެސްގައި ނެގި ވޯޓުން
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް - އޭނާއަށް ރިޔާސީ ޓިކެޓް ދިނުމަށް ފާސްކުރީ، ކޮންގްރެސްގައި ނެގި ވޯޓުން
މުހައްމަދު ޝަރުހާން
އެމްޑީޕީ ކޮންގްރެސް
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކަށް އިބޫ އިންތިހާބްކޮށްފި
ކޮންގްރެސްގެ ތެރެއިން ރިޔާސީ ކެނޑިޑޭޓަކު އިންތިހާބްކުރީ އެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމުގެ ސަބަބުން
އިބޫގެ ނަން ހުށަހެޅުއްވީ ރައީސް ނަޝީދު ކެމްޕެއިން މެނޭޖަރު މެމްބަރު އަސްލަމް
އިބްރާހިމް މުހައްމަދު ސޯލިހްއަށް އެމްޑީޕީގެ މެމްބަރުންގެ ބޮޑު ތާއީދެއް އޮތްކަން ވަނީ ހާމަވެފައި

އެމްޑީޕީގެ ރިޔާސީ ކެނޑޑޭޓެއްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންތިހާބްކޮށްފި އެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކަށް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބްކޮށްފައިވަނީ، އެމްޑީޕީގެ ތިން ވަނަ ކޮންގްރެސްގެ ތެރެއިންނެވެ. ރިޔާސީ ކެނޑިޑޭޓަކަށް އިބޫ ކަނޑައެޅުމަށް 791 ކޮންގްރެސްމަނުން ވޯޓް ދެއްވިއެވެ.

މިހާރު ކުރިއަށްދާ އެ ޕާޓީގެ ކޮންގްރެސްއަށް އިބޫގެ ނަން ހުށަހެޅުއްވީ މިއަހަރު އެ ޕާޓީން ބޭއްވި އެ ޕާޓީގެ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން މެނޭޖަރު މުހައްމަދު އަސްލަމެވެ. އަދި އެ ނަމަށް ކޮންގްރެސް ގެ ގިނަ ބަޔަކު ތާއިދު ކުރި އެވެ. 

އޭނާ މިނަން ހުށަހެޅުއްވީ އެ ޕާޓީގެ ޕްރައިމަރީ މިއަހަރު ކާމިޔާބުކުރެއްވި ރައީސް ނަޝީދަށް މިއަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ކުރިމަތިލުމަށް ފުރުސަތު ލިބިއްޖެނަމަ އިބޫގެ ނަން އަނބުރާ ގެނެސް އެ ފުރުސަތު ރައީސް ނަޝީދަށް ދޭން އެއްބަސްވާ ގޮތަށެވެ. 

އެމްޑީޕީގެ ތިން ވަނަ ކޮންގްރެސްގެ ތެރެއިން ރިޔާސީ ކެނޑިޑޭޓަކު އިންތިހާބްކުރީ އެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމުގެ ސަބަބުންނެވެ. އެމްޑީޕީގެ ކޮންގްރެސްގެ އެޖެންޑާގެ ބޭރުން ޤައުމީ މަޖިލީހުގެ މެމްބަރުންނާއި މުހާތަބުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ކޮންގްރެސްގެ ތެރެއިން ރިޔާސީ ކެނޑިޑޭޓަކު އިންތިހާބްކުރުމަށް ޤައުމީ މަޖިލީހުގެ މެމްބަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

ރިޔާސީ ކެނޑިޑޭޓަކު ކަނޑައެޅުމުގެ ބާރު ކޮންގްރެސަށް ދިނީވެސް އެމްޑީޕީގެ ތިން ވަނަ ކޮންގްރެސްގައި އަސާސީ ގަވައިދަށް ގެނައި އިސްލާހާއިއެކުގަ އެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ދަށުން ބާއްވާ އިންތިހާބަކަށް ޕާޓީގެ ޕްރައިމަރީން ހޮވި، ޕާޓީގެ ފަރާތުން ވާދަކުރުމަށް ޕާޓީގެ ޓިކެޓް ލިބިފައިވާ ފަރާތަކަށް އެއްވެސް ސަބަބަކާ ހުރެ އިންތިހާބުގައި ކުރިމަތި ނުލެވިއްޖެ ނަމަ ނުވަތަ އެއްވެސް ސަބަބަކާ ހުރެ އެ އިންތިހާބުގައި ޕާޓީގެ ޓިކެޓް ލިބިފައިވާ ފަރާތުން ވާދަނުކުރާން ނިންމައިފި ނަމަ އެ ޓިކެޓްގައި ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައަޅާނީ ޕާޓީގެ ކޮންގްރެސް ނުވަތަ ގައުމީ މަޖިލީހުން ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓްކަމަށް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބްކުރީ، އެމްޑީޕީގެ އާންމު މެމްބަރުން ރިޔާސީ ކެނޑިޑޭޓަކަށް ކަނޑައެޅި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންތިހާބްގައި ވާދަކުރެއްވުމުގެ ފުރުސަތު ސަރުކާރުން ނުދެއްވުމުގެ ސަބަބުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
30 ޖޫން 2018 | ހޮނިހިރު 19:39
Green zone
Green zone banning departure regulation is an act of apartheid and racism not a mere discrimination to oppositions!