ކ. މާލެ
|
30 ޖޫން 2018 | ހޮނިހިރު 19:45
އެމްޑީޕީގެ ކޮންގްރެސް ކުރިއަށް ދަނީ
އެމްޑީޕީގެ ކޮންގްރެސް ކުރިއަށް ދަނީ
މުހައްމަދު ޝަރުހާން
އެމްޑީޕީ ކޮންގްރެސް
އެމްޑީޕީގެ ވައުދު: ގޭދޮށު މަސް ފެކްޓްރީ ތައާރަފުކުރާނަން
މަސްވެރިން ބާނާ މަހަށް ހަމަ އަގު ލިބޭނެ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމެއްގައި ގޭދޮށު މަސް ފެކްޓްރީ ތަޢާރަފް ކުރަން އެޕާޓީން ވައުދު ވެއްޖެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބޭނުންކުރާނެ އެމްޑީޕީގެ މެނިފެސްޓޯ އާންމުކޮށްފައިވާއިރު، ނޫ އިގްތިސާދު މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި މަސްވެރިން ބާނާ މަހަށް ހަމަ އަގު ލިބޭނެ އިތުރު ގޮތްތައް ހޯދަދޭނެ ކަމަށް ބުނެފައިވެ އެވެ. އެގޮތުން މަސްވެރިޔާ ޖީބަށް ސީދާ ޑޮލަރު ވަންނަ ގޮތް ހޯދައިދެވޭނެ ކަމަށް ވައުދުގައިވެ އެވެ. 

ގުދުރަތުގެ އުސޫލުން ދިވެހިރާއްޖެ އުފެދިފައިވަނީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް ކަމަށް ވާއިރު އެމްޑީޕީން ހުށަހަޅާ ޖަޒީރާ ރާއްޖޭގެ އިގްތިސާދު ބިނާވެފައި ވަނީ ވަށައިގެންވާ ތިމާވެއްޓަށެވެ. މި ނޫ އިގްތިސާދު ގައި ޖީބަށް ވަންނަ އަދަދު އިތުރު ކުރެވޭނެ ކަމަށް އެޕާޓީން ބުނެއެވެ.

މީގެ އިތުރުން ޖަޒީރާ ރާއްޖޭގައި ކޮންމެ މީހަކު އުފައްދާ ތަކެތީގެ އަގު މަތިކުރެވޭނެ ގޮތްތަކެއް ހޯދަ ދޭނެ ކަމަށާއި ތަކެތީގެ އަގު އަތްފޯރާ ފަށަށް ގެނެސް ދޭނެ ކަމަށް މެނިފެސްޓޯގައިވެ އެވެ. ސަރުކާރުގެ ވިޔަފާރި ކުޑަކޮށް ސަރުކާރު ކުންފުނިތަކުގެ އިސްރާފު މަދުކޮށް އާންމު ވިޔަފާރިވެރިންގެ ފައިދާ އިތުރު ކުރެވޭނެ އައު ގޮތްތަށް ހޯދަދޭނެ ކަމަށް ވެސް އެޕާޓީން ބުނެއެވެ.

ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ ތަކެތި އެތެރެ ކުރުން މަދު ކުރެވޭނެ ކަމަށާއި ރާއްޖޭގެ ހުރިހާ ރަށެއްގައި އުފެދޭ ކުންޏަކީ އިގްތިސާދީ މަންފާއެއް ލިބޭ ތަކެތި ކަމުގައި ހެދިގެން ދާނެ ކަމަށް ވެސް މެނިފެސްޓޯގައި ވަނީ ވައުދުވެފަ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް