ކ. މާލެ
|
30 ޖޫން 2018 | ހޮނިހިރު 18:01
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
މުހައްމަދު ޝަރުހާން
އެމްޑީޕީގެ ކޮންގްރެސް
ކޮންގްރެސްއިން ރިޔާސީ ކެނޑިޑޭޓުން ކަނޑައަޅާ ދިނުމަށް ރައީސް ނަޝީދު އެދިވަޑައިގެންފި
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމުގެ ބާރު ކޮންގްރެސް އާއި ގައުމީ މަޖިލީހަށް ދޭން ވަނީ ހުށަހަޅައިފަ

އއ. އުކުޅަހުގައި ކުރިއަށްގެންދާ އެމްޑީޕީގެ ތިން ވަނަ ކޮންގްރެސްގެ ތެރެއިން އެޕާޓީގެ ރިޔާސީ ކެނޑިޑޭޓެއް ކަނޑައަޅާ ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

އއ. އުކުޅަހުގައި ކުރިއަށް ގެންދާ ކޮންގްރެސްގެ އެޖެންޑާއިން ބޭރުން ކޮންގްރެސްގެ މަންދޫބުންނާއި ވީޑިއޯ މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ގިނަ މެންބަރުން އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރަން އިލެކްޝަން ކޮމިޝަނުން ފުރުސަތު ދޭނެ ކަމާއި މެދު ސުވާލު އުފައްދަވާ ކަމަށެވެ. އެމަނިކުފާނު ކުރިމަތި ނުލެއްވުމަށް ނިންމެވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ފުރުސަތު ދެއްވުމަށް ކަމަށް މަންދޫބުންނާއި ވީޑިއޯ މެދުވެރިކޮށް ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ އަޅުގަނޑުގެ ބަދަލުގައި އެހެން ބޭފުޅަކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި މިވަގުތަށް ބަހައްޓަން. ސިޔާސީ މަސައްކަތަކުން އަޅުގަނޑު ދުރަކަށް ނުޖެހެން. އެމްޑީޕީގެ ހަރަކާތްތަކުން ވެސް ދުރަކަށް ނުޖެހެން" ސްރީލަންކާގައި ހުންނަވައިގެން ރައީސް ނަޝީދު ވިދާޅުވިއެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުކޮށް 13 އަހަރުގެ ޖަލު ހުކުމް އިއްވާފައިވާ ރައީސް ނަޝީދު ވިދާޅުވީ އިންތިހާބަށް ކުރިމަތިލެވޭނެ ހާލަތެއް މެދުވެރި ވެއްޖެނަމަ އެ މަސައްކަތް ކުރައްވަން އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށާއި، އިންތިހާބުގައި ވާދަނުކުރައްވަން ނިންމެވި ނަމަވެސް، ސިޔާސީ މަސައްކަތުން ދުރަށް ވަޑައިނުގަންނަވާނެ ކަމަށެވެ.

އެގޮތުން ރިޔާސީ ކެނޑިޑޭޓަށް ކާމިޔާބު ހޯދާ ދެއްވުމަށް އެންމެ ބުރަ މަސައްކަތްތަކެއް ކުރައްވާނެ އެކްޓިވިސްޓަކަށް އެމަނިކުފާން ވެވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް