ކ. މާލެ
|
30 ޖޫން 2018 | ހޮނިހިރު 15:09
ކެނަޑާގެ ސަފީރާއި ޖުމްހޫރީ ޕާޓީގެ އިސްވެރިންގެ ބަންދަލުވުމުގެ ތެރެއިން
ކެނަޑާގެ ސަފީރާއި ޖުމްހޫރީ ޕާޓީގެ އިސްވެރިންގެ ބަންދަލުވުމުގެ ތެރެއިން
ޓްވިޓަރ
ޖުމްހޫރީ ޕާޓީ
ކެނަޑާގެ ސަފީރު ޖުމްހޫރީ ޕާޓީއާ ބައްދަލުކޮށްފި
ރާއްޖޭގެ ސިޔާސީ ހަލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި

ސްރީލަންކާއަށާއި ރާއްޖެއަށް ކެނަޑާ އިން ކަނޑައަޅުއްވާފައިވާ ސަފީރު ޑޭވިޑް މެކިނަން، ޖުމްހޫރީ ޕާޓީގެ އިސްވެރިންނާ ބައްދަލު ކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީން ބުނީ އެޕާޓީގެ އޮފީސް، މ. ކުނޫޒުގައި ބޭއްވި މި ބައްދަލުވުމުގައި ކެނަޑާގެ ސަފީރު މެކިނަންއާ ބައްދަލުކުރައްވައި ރާއްޖޭގެ ސިޔާސީ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. 

ޖުމްހޫރީ ޕާޓީގެ ފަރާތުން ކެނަޑާގެ ސަފީރު މެކިނަންއާ ބައްދަލު ކުރައްވާފައި ވަނީ އެޕާޓީގެ ނާއިބު ރައީސް ޑރ. އަބްދުﷲ މައުސޫމާއި އެޕާޓީގެ ކައުންސިލްގެ ބައެއް މެމްބަރުންނެވެ.

 

ކެނަޑާގެ ސަފީރު މެކިނަން ވަނީ މިވަގުތު ގޭ ބަންދުގައި ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާ ވެސް ބައްދަލު ކުރައްވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް