ކ. މާލެ
|
30 ޖޫން 2018 | ހޮނިހިރު 14:37
ކެނަޑާގެ ސަފީރު މެކިނަން މެމްބަރު މަހުލޫފާ ބައްދަލު ކުރައްވަނީ
ކެނަޑާގެ ސަފީރު މެކިނަން މެމްބަރު މަހުލޫފާ ބައްދަލު ކުރައްވަނީ
ޓްވިޓަރ
މެމްބަރު މަހުލޫފް
ކެނަޑާގެ ސަފީރު މަހުލޫފާ ބައްދަލު ކުރައްވައިފި
ރާއްޖޭގެ ހާލަތާމެދުގައާއި ސަރުކާރުން އަމަލުކުރަމުންދާ ގޮތާ މެދު ކެނަޑާގެ ސަފީރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި

ސްރީލަންކާއަށާއި ރާއްޖެއަށް ކެނަޑާ އިން ކަނޑައަޅުއްވާފައިވާ ސަފީރު ޑޭވިޑް މެކިނަން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާ ބައްދަލު ކުރައްވައިފިއެވެ.

މިވަގުތު ގޭ ބަންދުގައި ހުންނެވި މަހުލޫފް ދިރިއުޅުއްވާ ގެއަށް ވަޑައިގެން މަހްލޫފާ އެކު މެކިނަން ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ ހަލަތާއި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައި ވެއެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖޭގެ މާހައުލު އޮތް ގޮތުންނާއި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން މިނިވަން އިންސާފުވެރި ރިޔާސީ އިންތިހާބެއް ބޭއްވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ނަމަވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ސަރުކާރުގެ ފިއްތުންތައް ކުރިމަތި ކުރި ނަމަވެސް ގުޅިފައިވާ ޕާޓީތަކުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

 

ގުޅިފައިވާ ޕާޓީތަކުން ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންދާއިރު، މަހުލޫފް ހުންނެވީ ގުޅިފައިވާ ޕާޓީތަކުން ބޭއްވި އެއްވުމެއްގައި މާސްކުތަކެއް ބެހިކަމަށް ބުނެ ގޭބަންދަށް ބަދަލުކޮށްފައެވެ. މަހުލޫފު ގޭބަންދަށް ބަދަލުކުރީ އެމައްސަލައިގައި އޭނާ ޖަލުގައި ހައްޔަރުކޮށްގެން ގެންގުޅުމަށް ފަހުއެވެ. 

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން ކެނަޑާ އިން ވަނީ ނުރުހުން ފާޅުކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ގޮވާލާފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ކެނަޑާގެ ސަފީރު މެކިނަން ކުރެއްވި ޓްވީޓެއްގައި ވަނީ، ނޫސްވެރިންނާއި މުޒާހަރާތަކުގައި ބައިވެރިވާ އާއްމުންނާ ދެކޮޅަށް ހިންގާ ހަމަނުޖެހުން އިތުރުވެ، މުޒާހަރާތަކުގެ ތެރޭގައި ނޫސްވެރިންނާއި އާއްމުން ހައްޔަރު ކުރުން އިތުރުވަމުންދާ ކަމުގެ ރިޕޯޓްތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް