ކ. މާލެ
|
30 ޖޫން 2018 | ހޮނިހިރު 12:10
އއ. އެކުޅަހުގައި އެމްޑީޕީގެ ތިން ވަނަ ކޮންގްރެސް ކުރިއަށް ދަނީ
އއ. އެކުޅަހުގައި އެމްޑީޕީގެ ތިން ވަނަ ކޮންގްރެސް ކުރިއަށް ދަނީ
ރާއްޖެއެމްވީ
އެމްޑީޕީ ކޮންގްރެސް
އެމްޑީޕީގެ ތިން ވަނަ ކޮންގްރެސް އުކުޅަހުގައި ފަށައިފި
އިދިކޮޅު ކޯލީޝަންގެ އިސް ބޭފުޅުން ވެސް އުކުޅަހަށް ވަޑައިގެންނެވި
މި ކޮންގްރެސްގައި 800 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވޭ
ރިޔާސީ އިންތިޚާބުގައި ވާދަކުރޭނެ ކެންޑިޑޭޓަކާ މެދު ކުރެވޭ ސުވާލަށް ޖަވާބު ލިބިގެންދާނެ

 މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ތިން ވަނަ ކޮންގްރެސް ފަށައިފިއެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އއ. އުކުޅަހުގައި ރަސްމީކޮށް ފަށާފައި ވަނީ ހޮނިހިރު ދުވަހުގެ 12:00 ގައެވެ.

ކުލަގަދަ ގޮތެއްގައި ކުރިއަށްދާ މި ކޮންގްރެސްގައި 800 އަށް ވުރެ ގިނަ މަންދޫބުން ވަނީ ބައިވެރި ވެފައެވެ.

މި ކޮންގްރެސް އަށް އެކި ރަށަރަށުން ދިޔަ މީހުންގެ އަދަދު 1500 އަށް އަރާނެ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

މި ކޮންގެރެސް ފެށުމުގެ ޖަލްސާގައި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މިއަދުގެ ކޮންގެރެސްގައި ނިމިގެންދާ ކަންތައްތައް ވެގެން ދާނީ ތާރީޚީ ކަންތައްތަކަކަށް ކަމަށާއި އެމްޑީޕީގެ ތާރީހުގަ އާއި ރާއްޖޭގެ ތާރީހުގައި ފާހަގަ ކުރެވިގެންދާ ކަންތައްތަކެއް މިއަދުގެ ކޮންގެރެސްގައި ނިމިގެންދާނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު ވަނީ ވިދާޅުވެފައެވެ.

އިދިކޮޅުން ނެރޭނެ ކެންޑިޑޭޓަކާ މެދު އުފެދިފައިވާ ސުވާލަށް މިއަދު ޖަވާބެއް ލިބިގެންދާނެ ކަމަށް ވެސް އިބޫ ވަނީ ވިދާޅުވިއެވެ.

މި ކޮންގްރެސްގައި ބައިވެރިވުމުގެ ހައްގު ލިބިގެންވާ މަންދޫބުންގެ އަދަދަކީ 1184 މީހުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް