ކ. މާލެ
|
30 ޖޫން 2018 | ހޮނިހިރު 10:39
ކަނޑުމަތީގައި ދޯންޏެއް ބަންޑުން ޖަހާލާފައި
ކަނޑުމަތީގައި ދޯންޏެއް ބަންޑުން ޖަހާލާފައި
ޓްވިޓަރ
ކަނޑުމަތީގެ ހާދިސާ
ގައްލަންދޫ ކައިރިއަށް ލޯންޗެއް އަޑިއަށް ހިނގައްޖެ
ލޯންޗު އަޑިއަށް ދިޔައިރު ލޯންޗުގައި ތިބީ ދެމީހުން
އެދެމީހުން މިހާރު ވަނީ ދިއްދޫއަށް ގެންގޮސްފައި
އެދެމީހުންނަށް ޖިސްމާނީ އަނިޔާއެއް ނުލިބޭ

ހއ. ދިއްދޫ އިން މަނަފަރަށް ދަތުރުކުރި ލޯންޗެއް އެއަތޮޅު ގައްލަންދޫ ކައިރިއަށް އަޑިއަށް ހިނގައްޖެއެވެ.

ފުލުހުން ބުނީ މި ލޯންޗް އަޑިއަށް ދިޔަކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 7:45 ހާއިރު ކަމަށެވެ. މިމައުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން ފުލުހުން ވަނީ އެސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ފުލުހުން ބުނީ ލޯންޗު އަޑިއަށް ދިޔައިރު ލޯންޗުގައި ތިބީ ދެމީހުން ކަމަށާއި، އެދެމީހުން މިހާރު ދިއްދޫއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެދެމީހުންނަށް ޖިސްމާނީ އަނިޔާއެއް ނުލިބޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ލޯންޗު އަޑިއަށް ގޮސްފައިވަނީ ދިއްދޫއިން މަނަފަރަށް ދިޔަ ބަޔަކު އެރަށަށް ބޭލުމަށްފަހު އެނބުރި ދިއްދޫއަށް ދަނިކޮށެވެ.

ލޯންޗު އަޑިއަށް ގޮސްފައިވާއިރު ލޯންޗް އަޑިއަށް ދިޔަ ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. އަދި މިހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް