ކ. މާލެ
|
30 ޖޫން 2018 | ހޮނިހިރު 10:41
އެއަރފޯސް ވަންގައި ހުންނަވައި ރައީސް ޓްރަމްޕް ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ
އެއަރފޯސް ވަންގައި ހުންނަވައި ރައީސް ޓްރަމްޕް ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ
ހަފިންގްޓަން ޕޯސްޓް
އެމެރިކާގެ ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓަށް ނޮމިނޭޓް ކުރެއްވި ބޭފުޅުން ޝޯޓްލިސްޓް ކޮށްފިން: ޓްރަމްޕް
ޓްރަމްޕް ހޮއްވެވި ނަންތައް ޖުލައި މަހުގެ 9 ވަނަ ދުވަހު އިއުލާނުކުރައްވާނެ
ފަޑިޔާރުކަމަށް ބޭފުޅަކު އައްޔަންކުރަނީ ރިޓަޔަރ ކުރައްވާ ފަނޑިޔާރު އެންތޮނީގެ ބަދަލުގައި

އެމެރިކާގެ ސުޕްރީމްކޯޓަށް ފަނޑިޔާރަކު އައްޔަން ކުރެއްވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހޮއްވެވި ނަންތައް ޖުލައި މަހުގެ 9 ވަނަ ދުވަހު އިއުލާނުކުރައްވާނެކަމަށް ވިދާޅުވެއްޖެއެވެ.

އެއަރފޯސް ވަންގައި އިންނަވައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޓްރަމްޕް ވިދާޅުވީ އެމަނިކުފާނު ހޮއްވެވި ބޭފުޅުންގެ އަދަދު ފަހަކަށް ދަށްކޮށްފައިވާކަމަށާއި އޭގެ ތެރޭގައި ދެ އަންހެން ބޭފުޅުން ހިމެނިވަޑައިގަންނަވާކަމަށެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމަށް ބޭފުޅަކު އައްޔަންކުރަނީ ރިޓަޔަރ ކުރައްވާ ފަނޑިޔާރު އެންތޮނީ ކެނެޑީގެ ބަދަލުގައެވެ.

އެމެރިކާގެ އެންމެ މަތީ ކޯޓުގައި 30 އަހަރު މަސައްކަތްކުރައްވާފައިވާ އުމުރުފުޅުން 81 އަހަރުފުޅުގެ ފަނޑިޔާރު ރިޓަޔަރ ކުރައްވާނީ ޖުލައިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ފަނޑިޔާރު އެންތަނީގެ ރިޓަޔަރ ކުރެއްވުން ވެގެންދާނީ ސުޕްރީމް ކޯޓުގައި ކޮންޒަރވެޓިވް އަޣުލަބިއްޔަތު އިތުރަށް ވަރުގަދަ ކުރުމަށް ރައީސް ޓްރަމްޕްއަށް ލިބިވަޑައިގަންނަވާ ފުރުސަތަކަށެވެ.

ރައީސް ޓްރަމްޕް ހޮއްވަވާ ފަރާތެއްގެ ނަން ސެނޭޓުން ފާސްކުރަންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް