ކ. މާލެ
|
30 ޖޫން 2018 | ހޮނިހިރު 10:47
ކެނެޑާގެ ޒުވާން ޕްރައިމް މިނިސްޓަރު
ކެނެޑާގެ ޒުވާން ޕްރައިމް މިނިސްޓަރު
ފޭސްބުކް
ކެނެޑާއިން އަޅާ ފިޔަވަޅުތައް
އެމެރިކާއެކު ގަދަ ހިފުމަކަށް ކެނެޑާއިން ދަނީ!
ކެނެޑާއިން ވަނީ އިމްޕޯޓް ޓެކްސް ބޮޑު ކުރާނެކަމުގެ ޔަގީންކަން ދީފައި
ޓުރަމްޕާއި ގައުމްތަކާއެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ކުޑަ

އެމެރިކާއަށް އެތެރެ ކުރާ ކެނެޑާގެ އެލުމިނިއަމްއާއި ދަނގަޑުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޓެކްސް ބޮޑުކުރުމާއި ގުޅިގެން، އެމެރިކާގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން ކެނެޑާއިން ގަދަހިފުމަކަށް ދާން ނިންމާފިއެވެ.

ކެނެޑާއިން ވަނީ އެމެރިކާގެ މުދަލުން ނަގާ އިމްޕޯޓް ޓެކްސް ވަރަށް ބޮޑު ކުރާނެކަމުގެ ޔަގީންކަން ދީފައެވެ. އެއާއެކު އެ ގައުމުން ބުނީ އެމެރިކާގެ 12.63 ބިލިއަން ޑޮލަރުގެ މުދަލުން މި ޓެކްސް ނަގާނެ ކަމަށެވެ.

ކެނެޑާގެ ފޮރިން މިނިސްޓަރު ކްރިސްޓިއާ ފްރީލޭންޑް ވަނީ އެމެރިކާގެ ރައީސްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ފްރީލޭންޑް ވިދާޅުވީ ޓުރަމްޕް އެމެރިކާގެ ރައީސްކަމަށް  އިންތިޚާބު ވީއްސުރެން އަވައްޓެރި ގައުމްތަކާއެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށެވެ.

ކެނެޑާގެ ޑިޕާޓްމެންޓް އޮފް ފައިނޭސް އިން ބުނީ އެމެރިކާއާ ދެކޮޅަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކައް ޖުލައި މަހުގެ ފުރަތަމަ ދުވަހު އަމަލު ކުރަން ފަށާނެ ކަމަށެވެ. އަދި އެންމެ ބޮޑު ޓެކްސްއެއް ނަގާނީ އެމެރިކާގެ ދަގަނޑާއި އެލުމީނިއަމުން ކަމަށެވެ. ފައިނޭންސުން ޓެކްސް ނަގާނެ ކަމަށް އިއުލާން ކޮށްފައިވާ ކާބޯތަކެތި ތެރޭގައި ތެރޭގައި ކޮފީ، ސޯސް، ރާފުޅި ވެސް ހިމެނެއެވެ.

ފްރީލޭންޑް ވަނީ އެމެރިކާ ދެކެ ބިރު ނުގަންނަ ކަމަށާއި އެމެރިކާއިން އަދިވެސް ޓެކްސް ނަގާ މިންވަރު ބޮޑުކޮށްފިނަމަ ކެނަޑާއިން ވެސް އެކަން ކުރާނެ ކަމަށް ބުނެ އެމެރިކާއަށް ގޮން ޖައްސަވާފައެވެ.

ކެނަޑާއިން ވަނީ އެމެރިކާގެ ދަގަނޑާއި އެލުމީނިއަމުން 25 ޕަސަންޓް ނަގަން ނިންމާފައެވެ. އެއާއެކު އެހެނިހެން މުދަލުން 10 ޕަސަންޓް ނަގަން ނިންމާފައެވެ.

އޮފިޝަލުން ބުނާ ގޮތުގައި ކެނަޑާއިން ޓެކްސް ނަގަން ނިންމާފައިވަނީ ޓުރަމްޕްގެ ރަހްމެތްތެރިންގެ ހިއްސާ އޮންނަ ބާވަތްތަކަށް އަމާޒު ކޮށްފައެވެ. އެކަން އެގޮތަށް ކުރީ ޓްރަމްޕަށް ޕްރެޝަރު ކުރުމަށް ކަމަށް ބެލެވެއެވެ.

- ކޮމެންޓް