ކ. މާލެ
|
29 ޖޫން 2018 | ހުކުރު 17:51
އިސްލާމީ މަރުކަޒު - މިއަދުގެ ހުކުރު ހުތާބާ ހާއްސަކުރީ އަދާ ކުރަންޖެހޭ އަމާނާތްތަކާއި ގުޅޭގޮތުން
އިސްލާމީ މަރުކަޒު - މިއަދުގެ ހުކުރު ހުތާބާ ހާއްސަކުރީ އަދާ ކުރަންޖެހޭ އަމާނާތްތަކާއި ގުޅޭގޮތުން
ގޫގުލް
ހުކުރު ހުތުބާ
އަމާނާތަކީ އިންސާނާގެ ހަޔާތުގެ އެންމެހާ ކަންތައްތަކާ ގުޅިފައިވާ އެއްޗެއް: ހުކުުރު ޚުތުބާ
މާތްﷲ އަންގަވާފައިވާގޮތަށް ކަމެއްކޮށްފިނަމަ އަމާނާތް އަދާކުރެވުނީ
މާތްﷲ ޝަރްޢު ނުކުރައްވާ މަގުތަކުން މުއްސަންދިކަން ހޯދާ މީހަކީ އެނާގެ ނަފްސު އަބާއްޖަވެރި ކޮށްފައިވާ މީހެއް

އަމާނާތަކީ އިންސާނާގެ ހަޔާތުގެ އެންމެހާ ކަންތައްތަކާ ގުޅިފައިވާ އެއްޗެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

"އަދާ ކުރަންޖެހޭ އަމާނާތްތައް" މިމައުސޫއަށް މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ މާތްﷲ އަންގަވާފައިވާ ގޮތަށް ތިބާ ކަމެއް ކޮށްފިނަމަ އެއަމާނާތް އަދާކުރެވުނީ ކަމަށެވެ. ކޮންމެ ވަގުތެއްގައި ވެސް ކޮންމެ ކަމެއްގައި ވެސް އަދި ކޮންމެ ތަނެއްގައި ވެސް އަމާނާތް އޮންނާނެ ކަމަށް ޚުތުބާގައި ބުންޏެވެ. ޚުތުބާގައި ބުނީ މީހަކު ތިބާއާ ސުވާލެއް ކުރާ ހިނދު އެ ސުވާލަށް އޮޅުވައިލުމެއް ނެތި ރަނގަޅަށް ޖަވާބުދީފިނަމަ އަމާނާތް އަދާކުރެވުނީ ކަމަށެވެ.

މާތްﷲ ޝަރްޢު ނުކުރައްވާ މަގުތަކުން މުއްސަންދިކަން ހޯދާ މީހަކީ އެނާގެ ނަފްސު އަބާއްޖަވެރި ކޮށްފައިވާ މީހެއްކަން ފާހަގަކުރައްވައި ޚުތުބާގައި ބުނީ އެމީހަކީ އަމާނާތަށް ހިޔާނާތްތެރިވެފައިވާ މީހެއް ކަމަށެވެ. އެހެންކަމުން ހުރިހާ ކަމެއްގައި ވެސް އަމާނާތްތެރިވުމަށް ޚުތުބާގައި ވަނީ ގޮވާލައްވާފަ އެވެ. 

ޚުތުބާގައި ބުނީ އަމަނާތުގެ ތެރޭގައި ވާޖިބުއަދާ ކުރުމުގެ އަމާނާތާއި ވެރިކަމުގެ އަމާނާތާއި، މަސައްކަތްތެރިކަމުގެ އަމާނާތާއި، މަޖްލިސްތަކުގެ އަމާނާތާއި، މުދައްރިސުންގެ އަމާނާތާއި، މުއްސަނދީންގެ އަމާނާތް ފަދަ އަމާނާތްތައް ހިމެނޭ ކަމަށެވެ.

"ތިބާގެ އަނބިދަރީންނަށް ކާންބޯން ދިނުމަށްޓަކައި މަސައްކަތް ކުރާއިރު ތިބާ ފިހާރާގައި މީހުންނަށް ޚިދުމަތްދޭއިރު ތިބާ ކްލިނިކްގައި މީހުންނަށް ފަރުވާދޭއިރު ތިބާ ކިލާހުގައި ކިޔަވާދޭއިރު، ތިބާ ކަނޑުމަތީގައި މަސްވެރިކަން ކުރާއިރު ތިބާ ދަނޑުގައި ގަސްގަހާގެހި ހައްދާއިރު ތިބާ ދިޔަ ހުރީ އަޅުކަންކުރުމުގެ މަތީގައެވެ. މިމަސައްކަތުގެ ސަބަބުން އެހެން މީހުންނަށް މަންފާއާ ލާބަ ލިބޭނެތީ އެވެ." ހުކުރު ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ މާތްﷲ ހެއްދެވި އިންސާނާ ދެބަޔަކަށް ގިންތި ކުރައްވާފައިވާ ކަމަށެވެ. އެއްބަޔަކީ މާތްﷲއަށް ކިޔަމަންވެގަނެ އެކަލާނގެއަށް އީމާންވެ ސާލިހު އަމަލުތައް ކުޅަ މީހުންނެވެ. އަނެއް ބަޔަކީ މާތްﷲ އަށް އުރެދި ކާފިރުމީ މީހުންކަމަށް ހުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ނަފްސު ތާހިރު ކުރެވޭނީ އޭނަގެ ވެރި ރަސްކަލާނގެއަށް ކިޔަމަންގަނެ ސާލިހު އަމަލުތަކުން އެކަލާނގެ ހަސްރަތާ ކުއްތަންވެގެން ކަމަށެވެ. ނަމަވެސް ﷲގެ މަތިން ޣާފިލުވެ، ﷲގެ މަންހަޖާ ދުރުހެލިވެ، އެމަންހަޖަށް ފުރައްސާރަކޮށް، އޭނަގެ އެދުންތައް ނަހަލާލު ގޮތުން ހާސިލު ކުރާ މީހަކީ އޭނާގެ ނަފްސު ހަޑިމުޑުދާރު ކޮށްފައިވާ މީހެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް