ކ. މާލެ
|
29 ޖޫން 2018 | ހުކުރު 10:19
ކޮންގްރެސްގެ މަންދޫބުން އެމްޑީޕީ ހަރުގޭގައި ރަޖިސްޓްރޭޝަން ކަންކަން ކުރިއަށްގެންދަނީ
ކޮންގްރެސްގެ މަންދޫބުން އެމްޑީޕީ ހަރުގޭގައި ރަޖިސްޓްރޭޝަން ކަންކަން ކުރިއަށްގެންދަނީ
ރާއްޖެއެމްވީ
އެމްޑީޕީ ކޮންގްރެސް
ކޮންގްރެސްގެ މަންދޫބުން މާލެ އަތުވެއްޖެ، ހަރުގޭގައި ރަޖިސްޓްރޭޝަން ކުރިއަށް
ރަޖިސްޓްރޭޝަނަން ފަހު ކޮންގްރެސްގެ ފާސް މަންދޫބުންނާ ދަނީ ހަވާލުކުރަމުން
އއ އަތޮޅާއި އދ އަތޮޅުގެ މަންދޫބުން ފިޔަވާ އެހެން އަތޮޅުތަކުގެ މަންދޫބުންގެ ރަޖިސްޓްރޭޝަން ހަރުގޭގައި ދަނީ ކުރިއަށް
ކޮންގްރެސް ފަށާނީ ހޮނިހިރު ދުވަހުގެ މެންދުރު

އއ. އުކުޅަހުގައި ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވާ މަންދޫބުންގެ ރަޖިސްޓްރޭޝަން އެމްޑީޕީ ހަރުގޭގައި  ކުރިއަށް ގެންދަން ފަށައިފިއެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވުމުގެ ހައްގު 1184 މީހުނަން ލިބިފައިވާއިރު، ތަފާތު އެކި ސަބަބުތަކާ ހުރެ، ކޮންގްރެސްގައި ބައިވެރި ވާނީ ޖުމްލަ 800 އެއްހާ މަންދޫބުން ކަމަށް އެމްޑީޕީން ވަނީ އަންދާޒާ ކޮށްފައެވެ.

އެމްޑީޕީގެ ކޮންގްރެސް ކޮމެޓީން ބުނީ އއ އޮތޮޅާއި އދ. އަތޮޅުން ކޮންގްރެސްގައި ބައިވެރިވާ މަންދޫބުން ފިޔަވައި، އެހެން އަތަޅުތަކުން ކޮންގްރެސްގައި ބައިވެރިވާ މަންދޫބުންގެ ރަޖިސްޓްރޭޝަން ހުކުރު ދުވަހު ހެނދުނުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ. ހަރުގެއިން ރަޖިސްޓްރޭޝަންގެ ކަންކަން ނިމުމާއި އެކު އެމްޑީޕީ އޮފީހުން ސްޓޭޓް މެންޓެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އއ. އަތޮޅާއި އދ. އަތޮޅުން ކޮންގްރެސްގައި ބައިވެރިވާ މަންދޫބޫންގެ ރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ އުކުޅަހުގައެވެ.

ކޮންގްރެސްގެ މަންދޫބުން އެމްޑީޕީ ހަރުގޭގައި ރަޖިސްޓްރޭޝަން ކަންކަން ކުރިއަށްގެންދަނީ

ކޮންގްރެސްގެ މަންދޫބުންގެ ރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަރުގޭގައި ކޮންމެ އަތޮޅަކަށް ހާއްސަކޮށް މޭޒެއް ވަނީ ބަހައްޓާފައެވެ. އަތޮޅުތެރޭގެ ރަށެއްގައި ކޮންގްރެސް ބާއްވާއިރު، މަންދޫބުންގެ ރަޖިސްޓްރޭޝަންނަން ފަހު ދޫކުރާ ފާހަކީ ވަރަށް މުހިންމު ފާހެއް ކަމަށް ކޮންގްރެސް ކޮމެޓީން ވަނީ ބުނެފައެވެ.

އަތޮޅުތެރޭގެ ރަށްތަކުން ކޮންގްރެސްގައި ބައިވެރިވުމަށް އައި މަންދޫބުން އުކުޅަހަށް ފުރުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހު ހަވީރުއެވެ.

އެމްޑީޕީގެ ކޮންގްރެސްއަކީ އެ ޕާޓީގެ އެންމެ މުހިއްމު ނިންމުންތައް ނިންމާ މަހާސިންތާއެވެ. އެ ބައްދަލުވުމުގައި އެ ޕާޓީގެ އަސާސީ ގަވާއިދަށް ވެސް އިސްލާހުތަކެއް ގެންނާނެއެވެ. އަދި ކުރިން ނިންމާފައިވާ ނިންމުންތަކަށް ބަދަލު ގެނައުމުގެ ބާރުގެ ވެސް ކޮންގްރެސްއަށް ލިބިގެންވެއެވެ.

އެމްޑީޕީގެ އެންމެ މުހިއްމު އެއް ގުނަވަން ކަމަށްވާ، އެ ޕާޓީގެ ކޮންގްރެސް ހޮނިހިރު ދުވަހުގެ 11:00 ގައި އުކުޅަހުގައި ފެށުމަށް ނިންމާފައިވާއިރު، މިއީ އެޕާޓީގެ "އާދަޔާ ހިލާފު ކޮންގްރެސް" އެވެ. ރިޔާސީ އިންތިހާބަށް 83 ދުވަހަށް ވެފައި ވަނިކޮށް، އެމްޑީޕީން ބާއްވާ ކޮންގްރެސް ވެގެންދާނީ އެ ޕާޓީގެ އާންމު މެމްބަރުންނަށް އުފާވެރި ނިންމުންތަކެއް ފާސްކުރާނެ ކޮންގްރެސްއަކަށް ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ ފުރަތަމަ ކޮންގްރެސް ބާއްވާފައި ވަނީ 2005 ވަނަ އަހަރުއެވެ. ދެ ވަނަ ކޮންގްރެސް ބާއްވާފައި ވަނީ 2010 ވަނަ އަހަރުއެވެ. އެ ދެ ކޮންގްރެސް ވެސް ދަރުބާރުގޭގައި ބާއްވާފައިވާއިރު، މިއީ މާލެއިން ބޭރުގައި ބާއްވާ ފުރަތަމަ ކޮންގްރެސްއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް