ކ. މާލެ
|
29 ޖޫން 2018 | ހުކުރު 01:56
ފުލުހުން މީހަކު ހައްޔަރުކޮށްގެން ވެހިކަލަށް އަރުވަނީ:-ޖިނާއީ އިޖްރާއަތުގެ ގާނޫނަށް ގިނަ ބަދަލުތަކެއް ގެނައުމަށް ވަނީ ހުށަހަޅާފައި
ފުލުހުން މީހަކު ހައްޔަރުކޮށްގެން ވެހިކަލަށް އަރުވަނީ:-ޖިނާއީ އިޖްރާއަތުގެ ގާނޫނަށް ގިނަ ބަދަލުތަކެއް ގެނައުމަށް ވަނީ ހުށަހަޅާފައި
ޕޮލިސް
ޖިނާއީ އިޖުރާއަތުގެ ގާނޫނު
ރިޝްވަތުގެ ކުށް ހިމެނޭ ގޮތަށް އިތުރު ބައެއް ކުށްތަކެއް ޖިނާއީ ބޮޑު ކުށްތަކަށް ހަދަނީ
ރަޔަޓް ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން އުޅުމުގެ ކުށްވެސް ބޮޑު ކުށަކަށް ހަދަން ހުށަހަޅާފައިވޭ
މި އިސްލާހް ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ

ރިޝްވަތުގެ ކުށް ހިމެނޭ ގޮތަށް ބައެއް ކުށްތައް ޖިނާއީ ބޮޑެތި ކުށްތައް ކަމަށް ކަނޑައަޅަން ޖިނާއީ އިޖްރާއަތުގެ ގާނޫނަށް ސަރުކާރުން އިސްލާހް ހުށަހަޅައިފި އެވެ.  

މިހާރު އަމަލު ކުރަމުންދާ ޖިނާއީ އިޖްރާއަތުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވަނީ ގިނަ ބަދަލުތަކެއް ގެނައުމަށް ހުށަހަޅާފަ އެވެ. 

އެގޮތުން ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ޖިނާއީ ބޮޑެތި ކުށްތައް ގޮތުގައި ކަނޑައަަޅާފައިވާ ކުށްތަކުގެ އިތުރުން ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ހާއްސަ ގޮތަކަށް އަމަލު ކުރުމުގެ އުސޫލުން އަމަލު ކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށްކުށާއި މީހުން ޓްރެފިކް ކުރުން ހުއްޓުވުމާއި ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ޓްރެފިކް ކުރުމުގެ ކުށާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށްތަކާއި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށަކީ ވެސް ޖިނާާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި ހިމެނުމަށް ވަނީ ހުށަހަޅާފައިވެ އެވެ. ހަމަ އެހެންމެ ރަޔަޓް ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން އުޅުމުގެ ކުށާއި ކުލީ ސިފައިން ހޯދުމުގެ ކުށަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ހިމެނުމަށް ވެސް ހުށަހަޅާފައިވެ އެވެ. މީގެ އިތުރުން 20 އަހަރަށް ވުރެ ބޮޑު އަދަބެއް ކަނޑައެޅޭ ކޮންމެ ކުށަކާއި ގާނޫނުލް އުގޫބާތުގެ ދަށުން ޖިނާޔަތުގެ އެއް ވަނަ ދަރަޖަ އާއި ދެވަނަ ދަރަޖައިގެ ކުށްތަކަކީ ވެސް ޖިނާއީ ބޮޑު ކުށްތަކުގެ ގޮތުގައި ކަނޑައެޅުމަށް ވެސް މި ބިލްގައި ހުށަހަޅާފައިވެ އެވެ. 

ޖިނާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި  މިހާރު އެ ގާނޫނުގައި 10 ބާވާތެއްގެ ކުށެއް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ

1. މީހުން މެރުމުގެ ކުށް

2. އިންތިޒާމް ވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށް

3. ޓެރަރިޒަމް ކުށް

4. މަނީލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭސްކުރުމުގެ ކުށް

5. ވައްކަން، ޓެކުން،ހިޔާނަތްތެރިވުމާއި، މަކަރާއި ހީލަތް އަދި ފޭރުމުގެ ކުށްކުށުގެ ތެރެއިން އެއްލަކަ ރުފިޔާއިން ފެށިގެން މަތީ މައްސަލަ

6. ކޮރަޕްޝަން ކުށް

7. ގޭންގްކުށް

8. މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނުގެ ބައެއް ނެތިދާފަދަ ގޮތަކަށް މާރާމާރީ ހިންގުން

9. ދައުލަތުގެ އިސްތިގުލާލާއި މިނިވަންކަން ގެއްލޭ ފަދަ އަމަލެއް ހިންގުން  

މި ބިލްގައި ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ބައެއް ކުށްތައް ކުރި ކަމަށް ތުހްމަތުކޮށް ސިޔާސީ ބައެއް ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފައިވެ އެެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
30 ޖޫން 2018 | ހޮނިހިރު 03:54
Hoho
Koba masthuvaathakethi. Mulhigaumuge jeelu hallaku egen dhany. Konbaeh mikamaa visnany. Koba duvaalaku ehffaharu gaanoonu badaljuraa menbarun. Kobaa sarukaaru. Masthuvaathakethi faalhuga beynun kuramun dhany .mikamaa visnany konbaeh?