ކ. މާލެ
|
28 ޖޫން 2018 | ބުރާސްފަތި 22:27
ވިލާ ކޮލެޖް
ވިލާ ކޮލެޖް
ރާއްޖެއެމްވީ
މަތީ ތައުލީމް
ވިލާ ކޮލެޖުގެ ސެޕްޓެމްބަރ އިންޓޭކަށް ފުރުސަތު ހުޅުވާލައިފި
ފޯމް ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީޚަކީ 5 އޮގަސްޓް

ވިލާ ކޮލެޖުގައި 2018 ވަނަ އަހަރު ސެޕްޓެމްބަރ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ގޮތުން އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ބިޒްނަސް މެނޭޖްމަންޓް، ޓީޗިން، އެޑިއުކޭޝަން، ޝަރީޢާ، ލޯ، އިސްލާމް, ދިވެހި، ހިއުމަން ރިސޯސް، ނާސިން، އިކޮނޮމިކްސް، އެކައުންޓިންގ، ޓޫރިޒަމް، ހޮސްޕިޓަރލިޓީ، ޕަބްލިކް ހެލްތް، ރިސާރޗް، މެރިން ސްޓަޑީސް، ޑައިވިން އަދި ވޯޓާރ ސްޕޯޓްސްގެ ދާއިރާއިން ޖުމްލަ 95 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި އިންޓޭކްގައި މާސްޓަރސް ފެންވަރުގެ 13 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އަދި ސެޓްފިކެޓް ފެންވަރުގެ ހަތް ކޯހަކާއި، ޑިގްރީ ފެންވަރުގެ 20 ކޯހަކާއި، އެޑްވާންސްޑް ޑިޕްލޮމާ ފެންވަރުގެ ތިން ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 18 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 11 ކޯހަކާއި އަދި ސެޓްފިކެޓް ތިން ފެންވަރުގެ 11 ކޯހެއްގެ އިތުރުން މެރިން ސްޓަޑީސް ދާއިރާގެ އަށް ކޯހެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އެ ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އެއް ކަމަށްވާ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ މާސްޓަރސް އަދި ޑިގްރީ  ކޯސްތައް ހިމެނެއެވެ.

ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއުއައި ކެމްޕަހުގެ އިތުރުން ވިލާ ކޮލެޖު ހިތަދޫ ކެމްޕަސް، ވިލާ ކޮލެޖު ނައިފަރު ކެމްޕަސް، ވިލާ ކޮލެޖު ކުޅުދުއްފުށީ ކެމްޕަސް، ވިލާ ކޮލެޖު ލޭކް ސައިޑް ކެމްޕަސް (ށ.ފުނަދޫ) އަދި ވިލާ ކޮލެޖު މަހިބަދޫ ކެމްޕަސްގައިވެސް މި ކޯސްތައް ފަށާނެ ކަމަށް އެ ކޮލެޖުން ބުނެއެވެ. ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމް ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީޚަކީ 5 އޮގަސްޓް 2018 އެވެ. ކޯސްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދެހަފްތާ ތެރޭގަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް