ކ. މާލެ
|
28 ޖޫން 2018 | ބުރާސްފަތި 18:41
ދުންޔާ މައުމޫން - ފާރިސް މައުމޫންގެ މައްޗަށް އިއްވި ހުކުމާއި ގުޅިގެން ހިތަމަކުރައްވާކަމަށް ދުންޔާ ވިދާޅުވި
ދުންޔާ މައުމޫން - ފާރިސް މައުމޫންގެ މައްޗަށް އިއްވި ހުކުމާއި ގުޅިގެން ހިތަމަކުރައްވާކަމަށް ދުންޔާ ވިދާޅުވި
ރާއްޖެއެމްވީ
ދުންޔާ މައުމޫން
ފާރިސްގެ މައްޗަށް ހުކުމް އިއްވުން: ދުންޔާ ހުންނެވީ އިންސާފު ލިބޭނެކަމުގެ އުއްމީދުގައި
ފާރިސް މައުމޫންގެ މައްޗަށް ހުކުމްކުރި ހަބަރު އަޑުއެހީ ފުން ހިތާމަޔާއެކުގައި

ދިއްގަރު ދާއިރާގެ މެމްބަރު އަދި ކޮއްކޮ އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމާއެކު، އާއިލާގެ މެމްބަރުންނަށް އިންސާފު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ފާރިސް މައުމޫންގެ މައްޗަށް އިއްވި ޖަލު ހުކުމާއި ގުޅިގެން ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ދުންޔާ މައުމޫން ނެރުއްވި ކުރު ބަޔާނުގައި ވިދާޅުވީ ކޮއްކޮ ފާރިސް މައުމޫންގެ މައްޗަށް ހުކުމްކުރި ހަބަރު އަޑުއެހީ ފުން ހިތާމަޔާއެކުގައި ކަމަށެވެ. އަދި ފާރިސްގެ މައްޗަށް ހުކުމް އިއްވީ 11 މަސް ދުވަހަށްވުރެ ގިނަ ދުވަހު ޖަލުގައި ބެހެއްޓުމަށްފަހުގައިި ކަމަށާއި، ފާރިސްއަކީ ބައްޕާފުޅު، މައުމޫން އަބްދުލްޤައްޔޫމާއެކު ގިނަ ސިޔާސީ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަން ދުންޔާގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. 

ފާރިސް މައުމޫން ހައްޔަރުކޮށް، ދައުވާތައް އުފުލުއިރު، ސަރުކާރަށާއި، ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކޮށް އަތްޖެއްސަވަމުންގެންދެވި ދުންޔާގެ ބަޔާނުގައި އިތުރަށް ވިިދާޅުވެފައިވަނީ، ޕީޕީއެމް އުފެއްދުމުގަޔާއި، އެ ޕާޓީއަށް ރިޔާސީ އިންތިހާބު ކާމިޔާބް ކޮށްދިނުމުގައި ފާރިސް މައުމޫން، މުހިންމު ދައުރެއް އަދާކުރެއްވި ކަމަށެވެ. އަދި ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި، ކޮއްކޮ އަހުމަދު ފާރިސް މައުމޫނާއި، ޅިޔަނު މުހައްމަދު ނަދީމްގެ މައްޗަށްކުރެވޭ ދައުވާތަކުގައި އިންސާފު ލިބޭނެކަމުގެ އުއްމީދުގައި ހުންނެވި ކަމަށް ދުންޔާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. 

"މި ހިތާމަވެރި ދަނޑިވަޅުގައި އަޅުގަނޑާއި، އަޅުގަނޑުގެ އާއިލާއަށް ހިތްވަރުދެއްވަމުން ގެންދަވާ އެންމެހައި ފަރާތްތަކަށް އަޅުގަނޑާއި، އަޅުގަނޑުގެ އާއިލާގެ ނަމުގައި ނިހާޔަތަށް ޝުކުރު ދަންނަވަމެވެ." ތިން ޕްރެގްރާފްގެ ކުރު ބަޔާން ނިންމަވާލައްވަމުން ދުންޔާ ވިދާޅުވި އެވެ. 

ފާރިސްގެ މައްޗަށް ބުދަ ދުވަހުގެ ރޭ 10:13 ގައި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ އިއްވެވި ހުކުމުގައި ވަނީ ޕީޕީއެމް އިން ފާރިސް ވަކި ކޮށްފައިވަނިކޮށް އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދﷲ ޔާމިނާއި އެ ޕާޓީގެ ކައުންސިލް މެމްބަރުންގެ ހުއްދަ ނެތި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާރިސް ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުން ކޮށްފައިވާކަން އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ. 

މި މައްސަލަ ފާރިސްގެ މައްޗަށް ސާބިތު ކުރުމަށް ދައުލަތުން 3 ސިއްރު ހެކިވެރިޔަކާއި، ފާރިސް ޕާޓީން ވަކިކުރިކަން ސާބިތު ކުރުމަށް އިލެޝަންސް ކޮމިޝަނުގެ ސިޓީއެއްގެ އިތުރުން ފާރިސް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކުރި ކަމަށް ބުނާ ނޫސްވެރިންގެ ބައްދަލުވުމުގެ ރެކޯޑިންގއެއް ޝަރީއަތަށް ހުށަހަޅާފައިވެއެވެ. އަދި ފާރިސް މި ދައުވާއިން ދިފާއުވުމަށް 47 މީހަކު ހެކީގެ ގޮތުގައި ހުށަހެޅިއިރު 27 ކިތާބީ ހެއްކެއް ހުށަހެޅިއެވެ. ނަމަވެސް ހެކިބަސް ނެގީ 6 މީހެއްގެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
28 ޖޫން 2018 | ބުރާސްފަތި 15:28
moh
corocodile tears