ކ. މާލެ
|
28 ޖޫން 2018 | ބުރާސްފަތި 16:51
ނައިޖީރިއާއިން ރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު ރައީސަށް ފަތްކޮޅު އަރުވަނީ
ނައިޖީރިއާއިން ރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު ރައީސަށް ފަތްކޮޅު އަރުވަނީ
ރައީސް އޮފީސް
ނައިޖީރިއާ - ރާއްޖެ
ނައިޖީރިއާއިން ރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރުގެ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އަރުއްވައިފި
މި ސަރަޙައްދުގައި ޞުލްޙައާއި ހަމަޖެހުން ޤާއިމުކުރުމުގެ މުހިންމުކަން ދެބޭފުޅުންގެ ބައްދަލުވުމުގައި ފާހަގަކުރެއްވި

ނައިޖީރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު، މޭޖަރ ޖެނެރަލް ރޓޑ އަޝިމިޔު އަޑެބަޔޯ އޮލަނިޔި އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަށް އަރުއްވައިފިއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ނައިޖީރިއާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުހަބާ ދެންނެވިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މީގެއިތުރުން ދެޤައުމުގައި ހުރި އެއްގޮތް ކަންތައްތަކާއި އަދި ޚާއްޞަ ގޮތެއްގައި ބައިނަލްއަޤުވާމީ ރޮނގުން ފާހަގަކޮށްލެވޭ މިފަދަ ކަންތައްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ. މިގޮތުން މި ސަރަޙައްދުގައި ޞުލްޙައާއި ހަމަޖެހުން ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ އިސްލާމް ދީން ހިމާޔަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މީގެއިތުރުން އިސްލާމް ދީނަކީ ޞުލްޙަވެރިކަމާއި އެއްބަޔަކު އަނެއްބަޔަކާއި ގުޅިގެން އުޅުމަށް ބާރުއަޅާ ދީނެއްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި، ނައިޖީރިއާގެ ސަފީރުވަނީ ދެޤައުމުގެ ދޭދޭ ގުޅުން ވަރުގަދަ ކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މަށްޗަށާއި، އިތުރު ރޮނގުތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވޭނެ ގޮތްތަކާމެދު ވާހަކަފުޅު ދައްކަވާފައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެެވެ. މިގޮތުން، ޞިއްޙީ ދާއިރާއިން ގުޅުން ބަދަހި ކުރެއްވުމާއި، އެކި ރޮނގުތަކުން ދެޤައުމުގެ ތަޖުރިބާތައް ޙިއްޞާ ކުރެއްވުމާއިމެދު ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް