ކ. މާލެ
|
28 ޖޫން 2018 | ބުރާސްފަތި 11:26
ޢަލީ ނަޒީރު: ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވޭ
ޢަލީ ނަޒީރު: ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވޭ
މުހައްމަދު ފަޒީން
ޢަލީ ނަޒީރު
ދުސްތޫރީ އިޖުރާއަތްތަކުގެ މަތިން އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މަޤާމެއް ނުގެއްލޭ: ނަޒީރު
ޤާނޫނު ބުނާ އުސޫލުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެމައްސަލައިގައި ނިހާއީ ހުކުމެއް ކޮށްފައެއް ނެތް
ސުޕްރީމް ކޯޓުގެ އިދާރީ މުވައްޒަފަކަށް ނިޔާ ކަނޑައެޅުމުގެ ބާރު އޭނާގެ އަތްމައްޗަށް ނުނެގޭނެ
މަޖިލީހުން އެހިންގީ ތަރުތީބު ގެއްލި، ވާނުވާ ނޭނގި ހަމަގެއްލިފައި އޮތް ހާސަރެއް

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދުގެ މަޤާމް ދުސްތޫރީ އިޖުރާއަތްތަކުގެ މަތިން ގެއްލިފައި ނުވާ ކަމަށް ޢަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ މުގައްރިރު އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

ނަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދުގެ މަޤާމް ދުސްތޫރީ އިޖުރާއަތްތަކުގެ މަތިން ނުގެއްލޭ ކަމަށާއި ޤާނޫނު ބުނާ އުސޫލުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެމައްސަލައިގައި ނިހާއީ ހުކުމެއް ކޮށްފައި ނުވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އިދާރީ މުވައްޒަފަކަށް ނިޔާ ކަނޑައެޅުމުގެ ބާރު އޭނާގެ އަތްމައްޗަށް ނުނެގޭނެ ކަމަށް ނަޒީރު ވިދާޅުވިއެވެ.

ނަޒީރު މިހެން ވިދާޅުވެފައި މިވަނީ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދުގެ މަޤާމް ގެއްލިއްޖެ ކަމަށް ކަނޑައަޅައި އެމަޤާމްތަކަށް ރައްޔިތުންގެ މަޖިލީހުން ބޭފުޅުން އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުން ބުދަދުވަހުގެރޭ ނިންމި ނިންމުމަށް އިޝާރާތް ކުރައްވައި ނަޒީރު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ފަނޑިޔާރުން އެކަހެރި ކުރުމަށްޓަކައި ޔާމީންގެ ޣައިރު ޤާނޫނީ އަމުރަށް މުޅި ދައުލަތް ގުޅިގެން ހިންގާފައިވާ ޖަރީމާތައް އެކަހެރިކޮށްފައިވާ ކަމަށެވެ. އަދި ހަމައެކަނި އިޖުރާއީ ނަޒަރަކުން ބަލާއިރު ވެސް މަޖިލީހުން އެހިންގީ ތަރުތީބު ގެއްލި، ވާނުވާ ނޭނގި ހަމަގެއްލިފައި އޮތް ހާސަރެއް ކަމަށާއި ސަލާމަތް ބުއްދިން ކުރި ފުރައްސާރައެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ބުދަ ދުވަހުގެރޭ ވަނީ އުއްތަމަ ފަނޑިޔާރުކަމަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަށް ރުހުންދީފައެވެ. އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ހައިކޯޓުގެ އިސް ފަނޑިޔާރު ޢަބްދުﷲ ދީދީ އާއި ހައިކޯޓުގެ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރުމަށް ވެސް މަޖިލީހުން ވަނީ ރުހުންދީފައެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޑރ. އަބްދުﷲ ދީދީ އައްޔަން ކުރީ އެމަގާމުގައި ކުރިން ހުންނެވި އަބްދުﷲ ސައީދުގެ ފަނޑިޔާރުކަން ގެއްލުމާ ގުޅިގެންނެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ފަނޑިޔާރު ކަމުގެ މަގާމު ވެސް ގެއްލިފައިވުމުންނެވެ. އެ ދެ ބޭފުޅުންގެ ފަނޑިޔާރު ކަމުގެ މަގާމު ގެއްލިފައިވާ ކަމަށް ޖޭއެސްސީން ނިންމާފައި ވަނީ ދައުލަތުގެ ފަރާތުން އެ ދެބޭފުޅުންގެ މައްޗަށް ކުރި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވެ ސްޕްރީމް ކޯޓުން ވެސް އެ ހުކުމަށް ތާއީދު ކުރުމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް