ކ. މާލެ
|
27 ޖޫން 2018 | ބުދަ 21:10
އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ ސުލްހަވެރި ހިނގާލުމެއްގެ ތެރެއިން
އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ ސުލްހަވެރި ހިނގާލުމެއްގެ ތެރެއިން
ރާއްޖެ އެމްވީ
ސިޔާސީ ޕާޓީތައް
ސިޔާސީ ޕާޓީތަކަށް ކަނޑައަޅާ ފައިސާ މަދުކުރަނީ
މި އިސްލާހު ހުށަހަޅުއްވާފައި ވަނީ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާން

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ފައިސާގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް މި އިސްލާހު ހުށަހަޅުއްވާފައިވަނީ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާނެއެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ޖަމީލު އުސްމާން އިސްލާހު ހުށައަޅާފައި ވަނީ އެ ގާނޫނުގެ 35 ވަނަ މާއްދާއަށެވެ.

ހުށައަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާގެ ގޮތުގައި ކަނޑައެޅޭނީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އެ އަހަރުގެ ބަޖެޓްގައި ކަނޑައަޅާ އަދަދު 0.05 ޕަސެންޓް ކަމަށެވެ. އަދި ޕާޓީތަކަށް ދޫކުރާ ފައިސާގެ ޖުމްލަ އަދަދު ދިހަ މިލިއަން ރުފިޔާއަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 35 ވަނަ މާއްދާގައި މިހާރު ބުނެފައިވާ ގޮތުން ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ވާންވާނީ ކޮންމެ އަހަރެއްގައި ދައުކަތުގެ ބަޖެޓުގައި އެކަމަށް ކަނޑައަޅި ދޫކުރެވޭ ފައިސާއަށް ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާއަކީ ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާއާ ދެމެދުގެ އަދަދަކަށް ވާންޖެހޭނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް