ކ. މާލެ
|
27 ޖޫން 2018 | ބުދަ 18:11
ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ގުނަނީ
ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ގުނަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ބޭރުގެ މީޑިއާތަކަށް އިންތިހާބުގެ މޮނިޓަރުންނަށް ވުމަށް ބުރާސްފަތި ދުވަހު ހުޅުވާލަނީ
ސީއެންއެން، ބީބީސީ ފަދަ ތަންނަތަނަށް އެ ފުރުޝަތު ހުޅުވާލަނީ

ރިޔާސީ އިންތިހާބުގައި އިންޓަނޭޝަނަލް މޮނިޓަރުންނަށް ވުމަށް ބޭރުގެ މީޑިއާތަކަށް ބުރާސްފަތި ދުވަހު ފުރުޝަތު ހުޅުވާލަން ނިންމައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ބުދަ ދުވަހު ބުނީ، ރިޔާސީ އިންތިހާބު ކަވަރުކުރަން މޮނިޓަރުންނަށް ވުމަށް ބޭރުގެ މީޑިއާތަކަށް ހުޅުވާލާނެ ކަމަށެވެ. މި ފުރުޝަތު ހާއްސަކޮށް ދުނިޔޭގެ އެންމެ ބޮޑެތި ނޫސް މީޑިއާތައް ކަމަށްވާ ސީއެންއެން، ބީބީސީ ފަދަ ތަންތަނަށް ހާއްސަކޮށް އެ ފުރުޝަތު ހުޅުވާލާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ވޯޓު ފޮށީގެ އޮފިޝަލުންނަށް ވުމަށް ބުރާސްފަތި ދުވަހު ހުޅުވާލަން ވެސް ވަނީ ނިންމާފައެވެ. ވޯޓު ފޮށީގެ އޮފިޝަލުންނަކީ ވޯޓު ލާން ދާމީހުންގެ މައުލޫމާތު އެންޓާކޮށް ވޯޓު ފޮށި ކައިރީގައި ހަރަކާތްތެރިވާ މީހުންނެވެ. ރިޔާސީ އިންތިހާބުގައި ހަތަރުސަތޭކަ ވޯޓު ފޮށިކައިރީގައި ތިބޭ އޮފިޝަލުން ނަގަން ވަނީ ހަމަޖެހިފައެވެ. އެއީ ކޮންމެ ވޯޓު ފޮށްޓެއްގައި މަދުވެގެން ފަސް އޮފިޝަލުންނެވެ.

ވޯޓު ފޮށިތައް މާލެ ގެނެސް ގުނާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް މަސައްކަތްކުރާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، ވޯޓުލުމުގެ އިންތިޒާމްތަކާ ގުޅޭ ގޮތުން ގެންނަ އިސްލާހުތަކަކީ އެ ކޮމިޝަނާ މަޝްވަރާކުރެވިގެން ގެނެވޭ އިސްލާހުތަކެއް ކަމަށާއި ނަމަވެސް ވޯޓުލާ މަރުކަޒު ނޫން ތަނަކަށް ވޯޓު ފޮށި ގެންގޮސްގެން ވޯޓު ގުނުމާ ބެހޭ ގޮތުން އެއްވެސް ވަރަކަށް މަޝްވަރާކުރެވިފައި ނުވާ ކަމަށެވެ. އަދި އެފަދަ އިސްލާހެއް ހުށަހެޅި ނަމަވެސް އެކަމަށް ކޮމިޝަނުން ތާއީދުނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް