ކ. މާލެ
|
27 ޖޫން 2018 | ބުދަ 16:46
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ތެރެއިން:ޤާސިމް ޔާމީނާ ގުޅިވަޑައެއްނުގަންނަވާނެ
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ތެރެއިން:ޤާސިމް ޔާމީނާ ގުޅިވަޑައެއްނުގަންނަވާނެ
މުހައްމަދު ޝަރުހާން
ޖުމްހޫރީ ޕާޓީ
ދައުވަތު އެދިނީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެތީ. ޤާސިމް ޔާމީނާ ގުޅޭނެ އެއްވެސް ގޮތެއް ނެތް:ޖޭޕީ
ޕީޕީއެމުން ވަނީ އެއްވެސް ޝަރުތެއް ނެތި ރައީސް އަބްދުﷲ ޔާމީނާއި ގުޅިވަޑައިގަތުމަށް ޤާސިމަށް ދައުވަތު ދީފައި
ކޯލިޝަން ދޫކުރައްވާ ޤާސިމް ވަޑައެއް ނުގަންނަވާނެ
ޤާސިމް ނުކުންނެވީ އިސްލާހީ މަސައްކަތަށް. އެކަން ކާމިޔާބު ކުރައްވާނެ

އެއްވެސް ޝަރުތެއް ނެތި ރައީސް އަބްދުﷲ ޔާމީނާއި ގުޅިވަޑައިގަތުމަށް ޕީޕީއެމުން ޤާސިމް އިބްރާހީމަށް ދައުވަތު ދެއްވީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ޔަޤީން ވުމުން ކަމަށާއި ގުޅިފައިވާ ކޯލިޝަން ދޫކުރައްވާ ޤާސިމް އިބްރާހީމް ރައީސް ޔާމީނާ ގުޅިވަޑައިގަންނަވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ޕީޕީއެމުން ވަނީ އެއްވެސް ޝަރުތެއް ނެތި ރައީސް އަބްދުﷲ ޔާމީނާއި ގުޅިވަޑައިގަތުމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ދައުވަތު ދެއްވާފައެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމް އިބްރާހިމް ކިތަންމެ މަސައްކަތްޕުޅު ކުރެއްވިޔަސް އެމްޑީޕީއަކީ އެހެން ޕާޓީއަކަށް ދޫދޭނެ ބައެއް ނޫން ކަމަށެވެ. އަނެއްކާ ވެސް އެއޮތީ ބޭވަފާތެރިވެފައި ކަމަށް ވިދާޅުވެ ޤައުމަށް ވަފާތެރި ރައީސް ޔާމީނާއި އެއްވެސް ޝަރުތެއްނެތި ގުޅިވަޑައިގެންނެވުމަށް ޚަލީލް ވަނީ ޤާސިމަށް ދައުވަތު ދެއްވާފައެވެ.

މިކަމާއި ގުޅިގެން ރާއްޖެ އެމްވީއަށް ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން ޢަލީ ސޯލިހް ވިދާޅުވީ ރައީސް ޔާމީން އެއުޅުއްވަނީ އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެކަން ޔަޤީންވެވަޑައިގަތުމުން ބިރުފުޅުން ކަމަށާއި 2013 ގައި ރައީސް ޔާމީން ވެރިކަމަށް ގެނެސްދެއްވުމުން  އެއްވެސް އިންސާފެއްނެތި ޣައިރު ޤާނޫނީ ޝަރީއަތަކުން ކުރި ހުކުމަކުން ޤާސިމް އިބްރާހީމް ޖަލަށް ލެއްވިލެއްވުން ހަނދާނުން ފިލުވާލެވެން ނެތްކަމަށެވެ.

ޢަލީ ސޯލިހް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކާއެކު އިސްލާހީ މަސައްކަތައް، ޤާސިމް އިބްރާހީމް ނިކުމެވަޑައިގެންނެވީ ޤައުމު ހަމަމަގަށް އެޅުވުމަށް ކަމަށާއި އެމަސައްކަތް ދޫކުރައްވާ ރައީސް ޔާމީނާ ގުޅިވަޑައިގަންނަވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

ޢަލީ ސޯލިހް ވިދާޅުވީ ގުޅިފައިވާ ކޯލިޝަން އޮތީ ބަދަހިކަމާއެކުގައި ކަމަށާއި އެކޯލިޝަނަށް ބުރޫއަރާފާނެފަދަ އެއްވެސް ކަމެއް ޤާސިމް އިބްރާހިމާއި ޖުމްހޫރީ ޕާޓީން ނުކުރައްވާނެ ކަމަށެވެ. އަދި  ކޯލިޝަން ދޫކުރައްވާ ޤާސިމް އެއްވެސްތާކަށް ވަޑައި ނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް