ކ. މާލެ
|
27 ޖޫން 2018 | ބުދަ 12:24
ފުލުހުން: ރިޔާސީ އިނތިޚާބަށް ތައްޔާރުވުމުގެ ގޮތުން ތަމްރީނެއް ބާއްވާނެ
ފުލުހުން: ރިޔާސީ އިނތިޚާބަށް ތައްޔާރުވުމުގެ ގޮތުން ތަމްރީނެއް ބާއްވާނެ
މުހައްމަދު ޝަރުހާން
މޯލްޑިވްސް ޕޮލިސް ސަރވިސް
ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން ފުލުހުން މަޝްވަރާކޮށްފި
ފުލް ސްކޭލް އެކްސަސައިޒެއް ކުރިއަށް ގެންދާނެ
ވޯޓު ލުމުގެ ކުރިންނާއި އިންތިޚާބުގެ ތެރޭގަ އާއި އަދި އިންތިޚާބަށް ފަހު ދިމާވެދާނެ ކަންކަމަށް ދަނީ ތައްޔާރުވަމުން

މިއަހަރުގެ ސެޕްޓެމްބަރ 23 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭ ގޮތުން ފުލުހުންގެ އެގްޒެކެޓިވް ބޯޑުގައި މަޝްވަރާކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި އެކްޓިންގ ކަމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒާއި ފުލުހުންގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުން ބައިވެރިވަޑައިގެންނެވި މިބައްދަލުވުމުގައި، ރިޔާސީ އިންތިޚާބުގެ ސެކިއުރިޓީ ކޮމާންޑަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު ވަނީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭ ގޮތުން މަޢުލޫމާތު ހިއްސާ ކުރައްވާފައެވެ.

އެގޮތުން ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ކުރިންނާއި އިންތިޚާބުގެ ތެރޭގަ އާއި އަދި އިންތިޚާބަށް ފަހު ދިމާވެދާނެ ކަންކަމަށް ތައްޔާރުވަމުންދާކަން ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފުލުހުން އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތްތައް އަންނަ ޖުލައި މަހުން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި  އެކްޓިންގ ކަމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒުގެ ލަފަޔާއި އިރުޝާދުގެ މަތިން އިންތިޚާބުގައި ހަރަކާތްތެރިވާ ފުލުހުންނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީންތައް ދިނުމާއި އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ފުލް ސްކޭލް އެކްސަސައިޒެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެސިސްޓަންޓް ކަމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދު ވިދާޅުވި ކަމަށް ފުލުހުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް