ކ. މާލެ
|
27 ޖޫން 2018 | ބުދަ 02:55
އެކްސިޑެންޓުގައި އަނިޔާލިބުނު އެކަކު ހޮސްޕިޓަލަށް ގެންދަނީ
އެކްސިޑެންޓުގައި އަނިޔާލިބުނު އެކަކު ހޮސްޕިޓަލަށް ގެންދަނީ
ޓްވިޓަރ
ނުރައްކާތެރި އެކްސިޑެންޓް
އައްޑޫ ސިޓީ ފޭދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
އެކްސިޑެންޓުގައި އަނިޔާލިބުނު ދެ މީހުނަން ހިތަދޫ ހޮސްޕިޓަލުން ދަނީ ފަރުވާދެމުން

އައްޑޫ ސިޓީ ފޭދޫގައި ނުރައްކާތެރި އެކްސިޑެއްޓެއް ހިނގާ ދެ މީހަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ އަންގާރަ ދުވަހުގެ ރޭ 2:30 ކަންހާއިރު ފޭދޫ ބޮޑު މަގުން ދުއްވާފަ ދިޔަ ދެ ސައިކަލް ޖެހިއެވެ. މިކަން އައްޑޫ ސިޓީ ފޭދޫ ރާއްޖެއެމްވީއަށް މައުލޫމާތު ދިން މީހަކު ވަނީ ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ކޮން ސަބަބަކާ ކަމެއް އަދި ނޭނގެއެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި އައްޑޫ ސިޓީ ހިތަދޫ ހޮސްޕިޓަލްގެ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެއެވެ.

އައްޑޫ ސިޓީން މައުލޫމާތު ދިން މީހާ ބުނީ އެކްސިޑެންޓުގައި އަނިޔާ ލިބުނު ދެ މީހުންނަން މިހާރު ދަނީ ހިތަދޫ ހޮސްޕިޓަލުން ފަރުވާ ދެމުންދާ ކަމަށެވެ. އެކްސިޑެންޓުގައި އަނިޔާލިބިފައި ވަނީ ދެ ފިރިހެނުނަށްކަން ވަނީ ކަށަވަރުވެފައެވެ. ނަމަވެސް އެ ދެމީހުންނަން ލިބުނީ ކިހާވަރެއްގެ އަނިޔާތަކެއް ކަމެއް ނޭނގެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް