ކ. މާލެ
|
26 ޖޫން 2018 | އަންގާރަ 22:55
އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު
އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު
މިހާރު
ރިޔާސީ އިންތިހާބު 2018
ވޯޓު ކަރުދާސް ކޮޅުގައި އަތް އަޅައިގެން ރައީސް ޔާމީނަކަށް ނުހުރެވޭނެ: ޝިފާޒް
ސުވާލަކީ ރައީސް ޔާމީންގެ ވެރިކަމުގައި ވޯޓުކަރުދާސް ކޮޅު ލިބޭނެތޯ ކުރެވޭ ސުވާލު
މިނިވަން އިންސާފުވެރި އިންތިހާބެއް ލިބިއްޖިއްޔާ ރައީސް ޔާމީން ބަލިކުރާނަން

އެމްޑީޕީން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރާ އެންމެ ބޮޑު މަސައްކަތަކީ އެ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅު ހޯދަންކުރާ މަސައްކަތް ކަމަށް އެޕާޓީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ މިއަދު އިންތިހާބަށް އެޕާޓީން ތައްޔާރުވަމުން އަންނަ އިރު ހިތުގައި އުފެދޭ ސުވާލަކީ ރިޔާސީ އިންހާބުގެ ވޯޓު ކަރުދާސްކޮޅު ލިބޭނެތޯ ހިތުގައި އުފެދޭ ސުވާލު ކަމަށެވެ. މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވައި ރައްޔިތުންނަން މިނިވަންކަމާ އެކު ވޯޓުލުމުގެ ފުރުސަތު ލިބިއްޖެ ނަމަ، ފަސޭހަކަމާ އެކު ރައީސް ޔާމީން ބަލިކުރާނަން ކަމަށް ޝިފާޒު ވިދާޅުވިއެވެ.

"އެންމެ ބޮޑު މަސެއްކަތަކަށް ވަނީ އެ ކަރުދާސް ކޮޅު ހޯދަން ކުރާ މަސައްކަތް، އެ ހޯދާނަން އަޅުގަނޑުމެން. އޭގައި އަތް އަޅާއިގެނެން ނުހުރެވޭނެ، އެ ހޯދާ، އޭގައި ފާހަގަޖަހާ، އެ ފާހަގައިގެ މައްޗަށް އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރާނަން" ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްވަމުން ޝިފާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ޝިފާޒު ވަނީ ރިޔާސީ އިންތިހާބަށް ފުލުހުން ހުރަސް އެޅާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހާއްސަކޮށް އެމްޑީޕީގެ ކެމްޕެއިން ޕޯސްޓަރުތަށް ނައްޓުވާ މައްސަލައިގައި ޝިފާޒު ވިދާޅުވީ، "އެކަމާއި ވިސްނާ ވިސްނާ ވެސް އެކަން ކުރާނީ ކޮން އުސޫލަކުންތޯ ސާފުނުވި" ކަމަށެވެ.

"ޕޯސްޓަރު ނައްޓާލެވިދާނެ، ބެނާ ނައްޓާ. ޓީވީ ބަންދުކުރެވިދާނެ. އެކަމަކު ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އަންނައުނުގައި އެ ފޮޓޯ ޖަހައިގެން ދެން ނުކުމެ އެ އަންނައުނުތަށް އިރާ އެމީހާ ބަރަހަނާ ކުރަންވީ، މަގުތައް މަތީގައި ފުލުހުން އަންނަންވީ އެކަން ކުރަން" ޕޯސްޓަރު ނައްޓުވާ މައްސަލާގައި ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
27 ޖޫން 2018 | ބުދަ 02:10
ހ މ ޒ
ރައީސް ޔާމީންގެ ކިބައިން ބޮޑާކަމުގެ ސިފަ އެއްގޮތަކަށްވެސް ނުފެންނަ ކަމަށެވެ. އަދި ހުރިހާ ރައްޔިތުންނަށްވެސް އޯގާތެރިކަމާއެކު ކަންތައްތައް ކޮށްދޭ ވެރިޔަކީ ރައީސް ޔާމީން!
27 ޖޫން 2018 | ބުދަ 02:04
ހ މ ޒ
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފިޔަވައި ދިވެހި ގައުމުގެ ހައްގުގައި ބަސްބުނަން ކެރޭ އަދި ބަސްބުނަން ކެރުނު ވެރިޔަކު ނެތްކަމަށް!