ކ. މާލެ
|
26 ޖޫން 2018 | އަންގާރަ 18:47
އިންޑިއާ އަސްކަރިއްޔާއާއި، އެމްއެންޑީއެފާއި ދެމެދު ކުރިއަށްގެންދިޔަ މަޝްވަރާތަކުގެ ތެރެއިން
އިންޑިއާ އަސްކަރިއްޔާއާއި، އެމްއެންޑީއެފާއި ދެމެދު ކުރިއަށްގެންދިޔަ މަޝްވަރާތަކުގެ ތެރެއިން
އެމްއެންޑީއެފް
އިންޑިއާ - ރާއްޖެ
އެމްއެންޑީއެފާއި، އިންޑިއާގެ އަސްކަރިއްޔާއާއި ދެމެދު ވާހަކަތައް ކުރިއަށް ގެންގޮސްފި
ދިވެހި އަސްކަރިއްޔާގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދް
އިންޑިއާ އަސްކަރިއްޔާގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ހެޑްކްއޯޓަރޒް އިންޓަގްރޭޓެޑް ޑިފެންސް ސްޓާފްގެ ރިއަރ އެޑްމިރަލް އެމްޑީ. ސުރޭޝް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި އިންޑިއާ އަސްކަރިއްޔާއާ ދެމެދު ބާއްވާ ތިންވަނަ ޑިފެންސް ސްޓާފް ޓޯކްސް ބާއްވައިފިއެވެ.

ކޯސްޓްގާޑު ބިލްޑިންގގައި މިއަދު ބޭއްވި، ޑިފެންސް ސްޓާފް ޓޯކްސްގައި ދިވެހި އަސްކަރިއްޔާގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދެވެ. އަދި އިންޑިއާ އަސްކަރިއްޔާގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ހެޑްކްއޯޓަރޒް އިންޓަގްރޭޓެޑް ޑިފެންސް ސްޓާފްގެ ރިއަރ އެޑްމިރަލް އެމްޑީ. ސުރޭޝްއެވެ.

އިންޑިއާ އަސްކަރިއްޔާއާއި، އެމްއެންޑީއެފާއި ދެމެދު ކުރިއަށްގެންދިޔަ މަޝްވަރާތަކުގެ ތެރެއިން -- ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފުން ބުނީ، މި ސްޓާފް ޓޯކްސްއަކީ ދެ ޤައުމުގެ އަސްކަރިއްޔާ ދެމެދު ޑިފެންސް ކޯޕަރޭޝަންގެ ތެރޭގައި ހުރި ކަންކަމާއި އަދި ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް އިންޑިއާ އަސްކަރިއްޔާއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާއި ދެ ޤައުމުން ގުޅިގެން ހިންގާ ތަމްރީނުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުވުންތަކެއް ކަމަށެވެ. މީގެ ކުރީ އަހަރުތަކުގައި، ދެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ ދެފަހަރެއްގެ މަތިން މި ބައްދަލުވުންތަކުގެ ސިލްސިލާތައް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފައިކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ. 

މި މަޝްވަރާ ބައްދަލުވުންތަކުގައި ދިވެހި އަސްކަރިއްޔާ އާއި އިންޑިއާ އަސްކަރިއްޔާގެ ފަރާތުން ޖެނެރަލް އޮފިސަރުން ހިމެނޭހެން މަތީ ފެންވަރުގެ ވަފުދެއް ވަނީ ބައިވެރިވެފަ އެވެ. 

އިންޑިއާ އަސްކަރިއްޔާއާއި، އެމްއެންޑީއެފާއި ދެމެދު ކުރިއަށްގެންދިޔަ މަޝްވަރާތަކުގެ ތެރެއިން -- ފޮޓޯ: އެމްއެންޑީއެފް

އިންޑިއާ އަސްކަރިއްޔާ އާއި، އެމްއެންޑީއެފާއި ދެމެދު މަޝްވަރާތައް ކުރިއަށްގެންގޮސްފައިވާއިރު، ދެ ޤައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އަދި ދިވެހި އަސްކަރިއްޔާއިން ވަނީ އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތައް އަނބުރާ ގެންދިއުމަށްވެސް އަންގާފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް