ކ. މާލެ
|
26 ޖޫން 2018 | އަންގާރަ 19:12
މި މުބާރާތުގެ ސެމީ ފައިނަލްގެ ތެރެއިން
މި މުބާރާތުގެ ސެމީ ފައިނަލްގެ ތެރެއިން
ރާއްޖެ އެމްވީ
އެމްއީއެސްސީގެ ރަމަޟާން ކަޕް
އެމްއީއެސްސީ ރަމަޟާން ކަޕްގެ ފައިނަލަށް ޑިވައިން ބޯއިސް އަދި ރިވެންޖަރސް
ޑިވައިން ބޯއިސް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ލޮރެންޒޯ އާއި ބައްދަލުކޮށް 12-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެން
ކްލަބް ރިވެންޖަރސް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ޕާކް ހަޔަޓް މޯލްޑިވްސް ހަނޑަހާ 6-2 ގެ ނަތީޖާއަކުން ބަލިކޮށްގެން

މިއުޒިކް އެޑިއުކޭޝަން ސްޕޯޓްސް ކްލަބް (އެމްއީއެސްސީ) ގެ ފަރާތުން އިންތިޒާމުކޮށްގެން ގއ. ދާންދޫގައި ކުރިޔަށް ގެންދާ ރަމަޟާން ކަޕް 1439 ގެ ފައިނަލް އިން ޑިވައިން ބޯއިސް އަދި ކްލަބް ރިވެންޖަރސް ޖާގަ ހޯދައިފިއެވެ.

ޑިވައިން ބޯއިސް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ލޮރެންޒޯ އާއި ބައްދަލުކޮށް 12-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑިވައިން ބޯއިސްގެ ހުސައިން ޝަރީފްއެވެ.

ކްލަބް ރިވެންޖަރސް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ޕާކް ހަޔަޓް މޯލްޑިވްސް ހަނޑަހާ 7-2 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކްލަބް ރިވެންޖަރސްގެ ޖާޒީ ނަމްބަރު ނުވައެއް އަލީ ހާފިޒްއެވެ.

މިއީ މި މުބާރާތް މެދުނުކެނޑި ކުރިޔަށް ގެންދާ 12 ފަހަރަށްވާ އިރު ޗެމްޕިއަން ޓީމަށް 15000ރ. އަދި ރަނަރަޕް ޓީމަށް 7500ރ. ވަނީ ކަނޑައެޅިފައެވެ.

މި މުބާރާތުގެ މަގްސަދަކީ ޒުވާނުންގެ ތެރޭގައި އެކުވެރިކަން އާލާކޮށް އެއްބައިވަންތަ ބަޔަކަށް ހެދުން ކަމަށް އެމްއީއެސްސީގެ ފަރާތުން ބުނެއެވެ. ހަމައެހެންމެ މިއީ ފުޓްސަލް އިން ކުރިޔަށް ދާން ބޭނުންވާ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުން ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެއެވެ.

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މާދަމާ ރޭ (ބުދަ ދުވަހުގެ ރޭ) 21:00 ގައި ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އަދި ފައިނަލް މެޗު އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖްއިން ލައިވް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއީއެސްސީއިން ބުނެއެވެ.

- ކޮމެންޓް