ކ. މާލެ
|
26 ޖޫން 2018 | އަންގާރަ 15:04
އެމްޑީޕީން އިލެކްޝަންސް ކޮމިޝަނާ ބައްދަލު ކުރައްވަނީ
އެމްޑީޕީން އިލެކްޝަންސް ކޮމިޝަނާ ބައްދަލު ކުރައްވަނީ
އެމްޑީޕީ
ރިޔާސީ ރޭސް 2018
ކެމްޕެއިން ކުރުމަށް ޖާގަ ދިނުމަށް ފުލުހުން ގާތު އެދޭނެކަމަށް އިލެކްޝަނުން ބުނި: އެމްޑީޕީ
ބައްދަލު ކުރެއްވީ އަންގާރަ ދުވަހު
އިލެކްޝަންސްއިން ދެކޭގޮތް ހާމަކުރާނެ ކަމަށް ވިދާޅުވި

އެމްޑީޕީން ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރުމަށް ޖާގަ ދިނުމަށް ފުލުހުންނާ ބައްދަލުކޮށް އެދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވާކަމަށް އެމްޑީޕީން ބުނެފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީން ކެމްޕެއިން ކުރުމަށް ޖާގަ ނުދޭ ކަމަށްބުނެ އިލެކްޝަންސް ކޮމިޝަންގައި އޮންނަ ޤައުމީ ލަފާދޭ ކޮމެޓީގެ އަންގާރަ ދުވަހުގެ ބައްދަލުވުން އެމްޑީޕީން ބޮއިކޮޓްކޮށް އެޕާޓީން ވަނީ އިލެކްޝަންސް ކޮމިޝަނާ ބައްދަލު ކޮށްފައެވެ.

އެމްޑީޕީން ބައްދަލު ކުރެއްވީ ޖަޒީރާ ރާއްޖެ ކެމްޕެއިން މެނޭޖަރ މުހައްމަދު އަސްލަމާއި އެމްޑީޕީ ޗެއަރޕާސަންގެ ނައިބު އިދާރީ ޢަލީ ނިޔާޒް އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒެވެ.

އެކޮމިޝަނާއެކު ބޭއްވި ބައްދަލުވުމަށްފަހު ރާއްޖެ.އެމްވީއަށް މައުލޫމާތު ދެއްވަމުން ޢަލީ ނިޔާޒް ވިދާޅުވީ ފުލުހުންނާ އިލެކްޝަންސް ކޮމިޝަނުން ބައްދަލު ކުރައްވާނެ ކަމަށާއި ކެމްޕެއިން ކުރުމަށް ޖާގަ ދިނުމަށް އެދޭނެކަމަށް އިލެކްޝަނުން ވިދާޅުވެފައިވާ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އެކަމުގައި ދެކޭގޮތް ދާދިއަވަހަށް މީޑިޔާތަކާ ހިއްސާ ކުރައްވާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވާކަމަށް ނިޔާޒް ވިދާޅުވިއެވެ.

އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ޤައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުން ބޮއިކޮޓް ކުރައްވާ އެކޮމެޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރު ޢަލީ ނިޔާޒް ނުކުމެވަޑައިގެން ވިދާޅުވީ ބައްދަލުވުން ދޫކުރައްވާ ނިކުމެވަޑައިގަތީ ކެމްޕެއިނަށް ފުލުހުން ހުރަސްއަޅާއެޅުން އެކޮމެޓީގައި އެޖެންޑާކޮށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ނުކުރެއްވުމުން ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއާ ބައްދަލުކުރެއްވީ އޭގެ ފަހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް