ކ. މާލެ
|
26 ޖޫން 2018 | އަންގާރަ 17:23
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ: ފެތުރެމުންދާ ވާހަކަތައް ދޮގުކުރެއްވި
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ: ފެތުރެމުންދާ ވާހަކަތައް ދޮގުކުރެއްވި
ވޯލް ސްޓްރީޓް ޖާނަލް
އުތުރު ކޮރެއާ-އެމެރިކާ
ނިއުކްލިއާ ހަތިޔާރުން ދުރުވުމާ ބެހޭ ގޮތުން އުތުރު ކޮރެއާ އަށް ޓައިމްލައިނެއް ހުށަހަޅާކަށް ނޫޅެން: އެމެރިކާގެ ޚާރިޖީ ވަޒީރު
ޕޮމްޕެއޯގެ ވާހަކަފުޅާ، ދާދިފަހުން އެމެރިކާގެ ޑިފެންސް އިދާރާގެ އިސް އޮފިޝަލަކު ވިދާޅުވި ވާހަކަފުޅާ ފުށުއަރާ

އެމެރިކާ އިން އުތުރު ކޮރެއާ އަށް "ވަކި އެންގުންތަކެއް ނުވަތަ ބުނުންތަކެއް" ހިމެނޭ ގޮތަށް ޓައިމްލައިނެއް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް އެމެރިކާގެ ޑިފެންސް އޮފިޝަލުން ދާދިފަހުން ވިދާޅުވެފައިވާއިރު، އެފަދަ ޓައިމްލައިނެއް އެކަށަނާޅާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖިމް މެޓިސް މިހަފްތާގައި އޭޝިއާ އަށް ކުރައްވާ ދަތުރުފުޅުގެ ކުރިން ރިޕޯޓަރުންނާ ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ "އުތުރު ކޮރެއާ އިން ގުޑް ފެއިތުގައި ކަންކަން ކުރޭތޯ" ވަރަށް އަވަހަށް އެނގިގެންދާނެ ކަމަށާއި އެގޮތުން ދާދި ފަހުން އެމެެރިކާ އާއި އުތުރު ކޮރެއާގެ ވެރިން ބޭއްވި ބައްދަލުވުމުން، އެމެރިކާގެ ވިސްނުމުގައި ކަންކަން ހާސިލު ކުރާނީ ކިހިނެއްތޯ އެ ޓައިމްލައިނުން އެނގިގެން ދާނެ ކަަމަށެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވި ޑިފެންސް މިނިސްޓްރީގެ އޮފިޝަލް މައުލޫމާތު ދެއްވީ ނަން ހާމަނުކޮށެވެ. ސިންގަޕޫރުގައި ޖޫން 12 ވަނަ ދުވަހު އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ބޭއްވެވި ބައްދަލުވުމުގައި އުތުުރު ކޮރެއާގެ ލީޑަރު ވަނީ އެގައުމުން ނިއުކްލިއާ ހަތިޔާރު ގެންގުޅުމާއި އަދި ބޭނުންކުރުމުން ހުއްޓާލާނެ ކަމަށް ވިދާޅުވެފައެވެ. 

އެމެރިކާގެ ޑިފެންސް މިނިސްޓްރީގެ އިސް އޮފިޝަލުންގެ ވާހަކަފުޅު މިހެން ހުރި ނަމަވެސް، ސީއެންއެން އަށް އާދީއްތަ ދުވަހު ދެއްވި ފޯނު އިންޓަވިއުއެއްގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވިދާޅުވީ އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ގެންގުޅުމާ ބެހޭ ގޮތުން އެމެރިކާގެ ވިސްނުމަކީ، ނިއުކްލިއާ ހަތިޔާރު ގެންގުޅުން ހުއްޓާލުމުގައި އުތުރު ކޮރެއާ އިން މެދުކެނޑުމެއް ނެތި ކުރިއެރުންތަކެއް ހޯދަމުން ދިއުން ކަމަށާއި އުތުރު ކޮރެއާ އިން މިކަންކަން ކުރުމުގައި ގެންގުޅޭ ސީރިއަސްކަން ދެނެގަންނާނެ ކަމަށެވެ. 

ބައިނަލްއަގްވާމީ ދުނިޔެ އިން އުތުރު ކޮރެއާ އަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓްކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާ އިން އިޖާބަ ނުދޭތީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް ބައިނަލްއަގުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ. 

 

- ކޮމެންޓް