ކ. މާލެ
|
26 ޖޫން 2018 | އަންގާރަ 14:37
ކުރީގެ ނައިބު ރައީސް އަދީބު ޖަލަށް ގެންދަނީ: ބޭސްފަރުވާއިން ވަނީ މަހްރޫމް ކޮށްފައި
ކުރީގެ ނައިބު ރައީސް އަދީބު ޖަލަށް ގެންދަނީ: ބޭސްފަރުވާއިން ވަނީ މަހްރޫމް ކޮށްފައި
މުހައްމަދު ޝަރުހާން
އަހުމަދު އަދީބު
އަދީބަށް ޖަލުގައި ހުރި ތަފާތު ކުރުންތައް ބަންޑުން ކޮށްލައްވައިފި
އޮންނަވަނީ ގައު ތަޅުންގަނޑެއްގެ މަތީގައި
އާއިލާ ބައްދަލުވުން ލިބެނީ ބިއްލޫރި ބިތްގަނޑެއްގެ ފަހަތުގައި ހުންނަވައިގެން ފޯނުން
ބޭސްފަރުވާއެއް ނުލިބޭ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ޖަލުން ލިބިދޭން ޖެހޭ ޙައްޤުތައް ތަފާތު ކޮށްފައިވާ މިންވަރު، އެމަނިކުފާނުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ސޯޝަލް މީޑިޔާއަށް ބަންޑުން ކޮށްލައްވައިފިއެވެ.

އަދީބަށް ހުރި އުސޫލު ކަމަށް ވިދާޅުވެ ނަޝްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަދީބު ނިދިކުރައްވަން ޖެހިވަޑައިގަންނަވަނީ ގައު ތަޅުންގަނޑެއްގެ މަތީގައެވެ. ފެންވެރުމަށާއި ފާޚާނާކޮށް ފްލަޝް ކުރެއްވުމަށް ބޭނުން ކުރައްވަން ޖެހިވަޑައިގަންނަވަނީ ބާލިދީއެއް ކަމަށެވެ.

ނަޝްވާ ވިދާޅުވީ ބަންދުކޮށްފައިވަނީ މުޅިން އެކަހެރިކޮށްކަމަށާއި ޤާނޫނީ ވަކީލުންގެ ޙައްޤުން މަހްރޫމްކޮށްފައިވާ ކަމަށެވެ. އަދި ބޭސް ފަރުވާއެއްވެސް އަދީބަށް ލިބިވަޑައި ނުގަންނަވާކަމަށް ނަޝްވާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މަހުން މަހަށް ލިބެންޖެހޭ އާއިލީ ބައްދަލުވުން ލިބެނީ ބިއްލޫރި ބިތްގަނޑެއްގެ ފަހަތުގައި ހުންނަވައިގެން ފޯނު މެދުވެރިކޮށް 1 ގަޑި އިރަށް ކަމަށާއި ޚާއްޞަ ރައްކާތެރިކަމެއް އަދީބަށް ލިބިވަޑައިނުގަންނަވާކަމަށް ނަޝްވާ ވަނީ ވިދާޅުވެފައެވެ.

ނަޝްވާ ވަނީ ސަރުކާރަށާއި ޕީޕީއެމްގެ ޕީޖީ ގުރޫޕަށް މިޓްވީޓްގައި ޝުކުރުވެސް އަދާކުރައްވާފައެވެ.

ޤާނޫން އަސާސީގެ 17 ވަނަ މާއްދާގައި ބުނަނީ އެއްވެސް މީހަކާމެދު ތަފާތު ކޮށްގެން ނުވާނެ ކަމަށެވެ. އަދި ނަޝްވާ ވިދާޅުވެފައިވާ ޙައްޤުތަކަކީ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން އެއްވެސް ގައިދީއަކަށް ތަފާތު ކުރެވިގެންވާނެ ކަންކަމެއް ނޫނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
26 ޖޫން 2018 | އަންގާރަ 04:11
poh
jalah leema onan vaanee hama hama usool. a gothun faahana flash kuran hunaanee baalidhee. f