ކ. މާލެ
|
25 ޖޫން 2018 | ހޯމަ 22:06
ބާޒާރުމަތީ މުދާ އަރުވާ ބޭލުމުގައި ހަރަކާތްތެރިވަނީ
ބާޒާރުމަތީ މުދާ އަރުވާ ބޭލުމުގައި ހަރަކާތްތެރިވަނީ
ރާއްޖެ އެމްވީ
ރާއްޖެ - އިންޑިއާ
އެއްވެސް ދައްޗަކާއި ނުލައި ކާބޯތަކެތި ލިބޭނެ ކަމަށް އިންޑިއާ އިން ޔަގީންކަން ދިން: އިކޮނޮމިކް މިނިސްޓްރީ
މިއަހަރު ވެސް އިންޑިއާ އިން ދިވެހިރާއްޖެ އަށް ވަނީ ކޯޓާ ހަމަޖައްސައިދީފައި ކަމަށް ބުނޭ
މުހިއްމު ކާބޯތަކެތީގެ ބާވަތްތައް އެއްވެސް ދައްޗެއް ނެތި ލިބޭނެ ކަމަށް މިނިސްޓްރީން ބުނޭ

އެއްވެސް ދައްޗަކާއި ނުލައި ކާބޯތަކެތި ލިބޭނެކަމުގެ ޔަގީންކަން  އިންޑިއާ އިން ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން މިހެން ބުނެފައި ވަނީ، އިންޑިއާ އިން ރާއްޖެއަށް އެކްސްޕޯޓްކުރާ މުހިއްމު ބައެއް ކާބޯތަކެތި އެތެރެކުރުމަށް ދީފައިވާ ކޯޓާ 100 އިންސައްތައަށް ކުޑަކޮށްފައިވާކަން އިންޑިއާގެ ނޫސްތަކުން ހާމަކުރުމާ ގުޅިގެންނެވެ. އަދި އެވާހަކަތައް ރާއްޖޭގެ ނޫސްތަކުން ވެސް އެ ނޫސްތަކާ ހަވާލާދީ ކަވަރުކޮށްފައި ވަނިކޮށެވެ.

އިންޑިއާ އިން ގެންނަ ކާޑުގެ ބައެއް ބާވަތްތަކުން ކޯޓާ ދަށްކުރުމާ ގުޅިގެން އެމިނިސްޓްރީން ނެރުނު މި ބަޔާނުގައި ބުނެފައި ވަނީ، މިއަހަރުވެސް އިންޑިއާ އިން ދިވެހިރާއްޖެއަށް ވަނީ ކޯޓާ ހަމަޖައްސާ ދީފައި ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި އަދި އެނޫން ވެސް މުހިއްމު ކާބޯތަކެތީގެ ބާވަތްތައް އެއްވެސް ދައްޗެއް ނެތި ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭނެކަމުގެ ޔަގީންކަން އިންޑިއާ ސަރުކާރުން ދީފައިވާ ކަަމަށް އެބަޔާނުގައި ބުނެއެވެ.
ކޯޓާއާއ ގުޅޭ ގޮތުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ހަގީގަތް އޮޅޭގޮތަށް ވާހަކަތައް ނުފެތުރުމަށް ވެސް އެބަޔާނުގައި ވަނީ ގޮވާލާފައެވެ.
ފިޔާ އާއި އަލުވި އަދި ހަވާދުގެ ބާވަތްތަކުގެ ކޯޓާ ވަރަށް ބޮޑަށް ކުޑަކޮށްފައިވާއިރު  ފުށަށް މިދިޔަ އަހާރާ މި އަހަރަށް 59,442.17 ޓަނުގެ ކޯޓާއެއް ކަނޑައަޅާފައިވާއިރު، ކުރިއަށް ދެ އަހަރަށް ދީފައި ވަނީ އެންމެ 946.21 ޓަނެވެ. މިއީ 98.4 ޕަސަންޓުގެ ދަށްވުމެކެވެ. މީގެ އިތުރުން ހަކުރަށް 11,706.30 ޓަނުގެ ކޯޓާއެއް ދީފައި އޮތުމަށް ފަހު، އެ އަދަދު މިހާރު ވަނީ 97.1 ޕަސަންޓުން 338.47 ޓަނަށް ދަށްކޮފަ އެވެ.

ފާއިތުވި ދެ އަހަރު 232,805,000 ބިސް އެތެރެކުރުމަށް ދީފައިވާ ކޯޓާ، މިހާރު ވަނީ 111,809,090 އަށް ދަށްވެފައެވެ. އެންމެ ކުޑަކޮށް ދަށްކޮށްފައި ވަނީ ފިޔާ އެތެރެކުރަން ދީފައިވާ ކޯޓާއެވެ.

ދެ ގައުމުގެ ދެމެދުގައި 1981 އިން ފެށިގެން ހެދިފައިވާ ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުން، އިންޑިއާ އިން ރާއްޖެއަށް އެތެރެކުރެވޭ ބައެއް އަސާސީ ބާވަތްތަކުގެ އަދަދު ކަނޑައަޅަނީ، އެ ބާވަތްތައް ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި ބޭނުންކުރެވޭ މިންވަރަށް ބަލައިގެންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް