ކ. މާލެ
|
25 ޖޫން 2018 | ހޯމަ 22:08
6 ފެބުރުއަރީ 2018، ރައީސް މައުމޫން ހައްޔަރުކޮށްގެން ގެންދަނީ
6 ފެބުރުއަރީ 2018، ރައީސް މައުމޫން ހައްޔަރުކޮށްގެން ގެންދަނީ
މުހައްމަދު ޝަރުހާން
ރައީސް މައުމޫންގެ ޝަރީއަތް
ރައީސް މައުމޫންގެ މައްޗަށްކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް މާދަމާ
އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާ މެންދުރުފަހު 1:00 އަށް
ދައުލަތުން ވަނީ ރައީސް މައުމޫނާ ދެކޮޅަށް 33 ހެކި، ގަރީނާ ހުށަހަޅައިފައި
ރައީސް މައުމޫންގެ ދިފާއީ ހެކީގެ ގޮތުގައި 108 މީހަަކާއި، ދިފާއީ ހެކީގެ ގޮތުގައި 36 ލިޔުމެއް ހުށައެޅި

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފިއެވެ. 

އަޑުއެހުން ތާވަލްކޮށްފައި ވަނީ މާދަމާ މެންދުރު ފަހު 1:00 އަށެވެ. 

ރައީސް މައުމޫނާ ދެކޮޅަށް ޓެރަރިޒަމުގެ ދައުވާ ކުރަނީ 2013 ވަނަ އަހަރުން ފެށިގެން ފަނޑިޔާރުންނަށް ރިޝްވަތުދީގެން ހުކުމްތައް ވަކިގޮތަކަށް ނެރުމަށް ރައީސް މައުމޫން މަޖުރޫބުކޮށްފައިވާ ކަމަށް ބުނެއެވެ. ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނަށް ރިޝްވަތު ދިނުމުގެ އިތުރުން 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި ރައީސް މައުމޫން ނުފޫޒު ފޯރުވާފައިވާ ކަމަށް ވެސް ދައުވާގައި ބުނެފައި ވެއެވެ. 

ދައުލަތުން ވަނީ ރައީސް މައުމޫނާ ދެކޮޅަށް 33 ހެކި، ގަރީނާ ހުށަހަޅައިފައެވެ. 

ރައީސް މައުމޫންގެ ދިފާއީ ހެކީގެ ގޮތުގައި 108 މީހަަކާއި، ދިފާއީ ހެކީގެ ގޮތުގައި 36 ލިޔުމަކާއި ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުމުގެ ގޮތުގައި 29 ހުށަހެޅުމެއް ކްރިމިނަލް ކޯޓަށް ހުށައަޅާފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް