ކ. މާލެ
|
25 ޖޫން 2018 | ހޯމަ 22:15
ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހްމަދު މަހްލޫފް ފުލުހުންތަކެއް ކައިރީގައި ހުއްޓިވަޑައިގެން
ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހްމަދު މަހްލޫފް ފުލުހުންތަކެއް ކައިރީގައި ހުއްޓިވަޑައިގެން
މުހައްމަދު ޝަރުހާން
އަހުމަދު މަހުލޫފު
މަހުލޫފުގެ މައްސަލައިގެ ހުލާސާ ބަޔާން ހުށައެޅުން މާދާމާ
މި ދައުވާގެ އަޑުއެހުން ތާވަލްކޮށްފައި ވަނީ އަންގާރަ ދުވަހު 10:00 އަށް

ހިނގާފައި ނުވާ ކަމެއް ހިނގައިފިކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މައްޗަށް ކުރާ ދައުވާގެ ޝަރީއަތެއް އަންގާރަ ދުވަހު ބާއްވަން ތާވަލްކޮށްފިއެވެ.

މަހުލޫފްގެ މައްޗަށް ތިން ދައުވާއެއް ކުރާއިރު، އަންގާރަ ދުވަހު ބާއްވާ މި ޝަރީއަތުގެ މަޖިލީހަކީ އަޑުއެހުންތައް ނިންމައި ޙުލާސާ ބަޔާން އިއްވުމަށް ތާވާލުކޮށްފައިވާ އަޑުއެހުމެކެވެ.

ހިނގާފައި ނުވާކަމެއް ހިނގާފައިވާ ކަމަށް ބުނެ ކުރާ ދޮގު މައުލޫމާތު ދިނުމުގެ އެ ދައުވާއަކީ މިއަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު މަހްލޫފް ކުރެއްވި ޓްވީޓަކާ ގުޅޭ މައްސަލައެކެވެ. އެ ޓްވީޓްގައި މަހްލޫފް ވަނީ މާފުށީ ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި އެކަށީގެންވާ ގޮތެއްގައި ބޭސްފަރުވާގެ ހިދުމަތް ނުދީ ގައިދީން މަރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އަހަރެއްގެ ތެރޭ 10 ގައިދީން މަރުވުމަކީ ސީރިއަސް މައްސަލައެއް ކަމަށާއި އެކަމުގައި ކަރެކްޝަނުގެ އިސްވެރިންތަކެއް ޒިންމާ ނަގަން ޖެހޭނެ ކަމަށް ވެސް މަހުލޫފު ވިދާޅުވެފައިވެއެވެ. އެއީ އިދާރާއަކަށް ދިން މައުލޫމާތެއް ނޫން ކަމަށާއި އެއީ ކުރެއްވި ޓްވީޓެއް ކަމަށް މަހްލޫފް ވިދާޅުވެފައި ވެއެވެ. މި ދައުވާގެ ތެރެއިން ދައުލަތުން ވަނީ މަހްލޫފް ޓްވީޓްކުރެއްވި ދުވަސް އޮޅުވާލައިގެން ކޯޓަށް ހުށަހަޅާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް