ކ. މާލެ
|
25 ޖޫން 2018 | ހޯމަ 14:36
ހެސަ ވާދަ 2018 މުބާރާތަކީ ދިވެހި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް ކުރިއަށް ގެންދާ މުބާރާތެއް...
ހެސަ ވާދަ 2018 މުބާރާތަކީ ދިވެހި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް ކުރިއަށް ގެންދާ މުބާރާތެއް...
އެމްއެންޑީއެފް
އެމްއެންޑީއެފް
ހެސަ ވާދަ މުބާރާތުގައި އާންމުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މި މުބާރާތަކުގައި ބައިވެރިވުމަށް މިރެއިން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ރޭގެ ނިޔަލަށް ވަނީ ހުޅުވާލާފައި
ރަޖިސްޓްރީކުރުން ކުރިއަށް ގެންދާނީ 20:30 އިން 22:30 އަށް ސިނާއީ ސަރަހައްދުގައި
މިމުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރުގެ ފިރިހެނުންނަށް

ދިވެހިން ޒަމާނުންސުރެ ކުރަމުން އައި މަސައްކަތްތަކާއި، ދިވެހި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް ވާދަވެރި ހަރަކާތްތަކެއް ހިމަނައިގެން އެމްއެންޑީއެފުން މިހާރު ކުރިއަށް ގެންދާ "ހެސަ ވާދަ 2018" މުބާރާތުގައި އާންމުން ބައިވެރިވުމުގެ ފުރުޝަތު ހުޅުވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި މުބާރާތުގައި ސަރުކާރު އޮފީސް، ކުންފުނިތަކާއި، ކުލަބު ޖަމިއްޔާތަކަށް އަދި އަމިއްލަ ފަރާތްތަކަށް ވެސް ބައިވެރިވުމުގެ ފުރުޝަތު ހުޅުވާލާފައިވާ ކަމަށެވެ. މި މުބާރާތަކުގައި ބައިވެރިވާ ޓީމުތައް ރަޖިސްޓްރީކުރުން މިރެއިން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުރޭގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި، ރަޖިސްޓްރީކުރުން ކުރިއަށްދާނީ ކޮންމެ ރެއެއްގެ 20:30 އިން 22:30 އާ ދެމެދު މުބާރާތް ކުރިއަށްދާ ސިނާއީ ސަރަހައްދުގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގައި ހިމެނޭނީ އުމުރުން 18 އަހަރުވެފައިވާ ފިރިހެނުން ކަމަށާއި، ކޮންމެ ޓީމެއްގައި ރިޒާވަރުންނާއެކު 8 ބައިވެރިން ހިމަނަންޖެހޭ ކަމަށެވެ. އަދި މިހަރަކާތުގައި އެއްފަހަރާ ވާދަކުރެވޭނީ 5 ބައިވެރިންނަށް ކަމަށެވެ.

މި މުބާރާތަކީ ވާދަވެރި ރޫހެއްގައި ހަށިހެޔޮކަން ދެމެހެއްޓުމާ ގުޅުން ހުރި އަދި ދިވެހިން ޒަމާނުއްސުރެ ކުރަމުންއައި މަސައްކަތްތަކާއި، ދިވެހި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް އަދި ދިވެހިންގެ އާދަކާދަ ދިރުވައި އާލާކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މުބާރާތެއް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

"ހެސަ ވާދަ – 2018" ގައި ބައިވެރިވާ ޓީމްތަކުން ފުރިހަމަކުރަން ޖެހޭ ހަރަކާތްތަކުގެ ތެރޭގައި ދުވުން، ތަންޑިޔާ އުފުލުން، ދޯނި އެހެލުން، ގަސްކެނޑުން، ރުކަށްއެރުން، ވަޅުދިޔަ ހިއްކުން، ލަނބުރާން ޖެހުން އަދި ލަނބުރާން ތިރިކުރުން، ވެލި އުފުލުން، ގަސް ކީހުން، ދަރުފެޅުން، ކާށި ހެހުން، ވަލުން އެރުން އަދި ފާރަށްއެރުން ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
25 ޖޫން 2018 | ހޯމަ 11:52
ރުއްގަސް ކަނޑާ
ކުޅިވަރެއްވެސް ކުޅިލާ ނުލެވޭ ރުކެއް ގަހެއް ކަނޑާ ނުލާ މިމީހުންނަށް. އާންމުނަށް ހުޅުވާލީ؟ އެތެރެއިން މީހުން ހަމަނުވީ ދޯ!