ކ. މާލެ
|
25 ޖޫން 2018 | ހޯމަ 14:33
ސްކޯލާޝިޕަށް ހޮވުނު ދަރިވަރުންނާއި އަކިލޭޝް މިޝްރާ ބައްދަލުކުރެއްވުން...
ސްކޯލާޝިޕަށް ހޮވުނު ދަރިވަރުންނާއި އަކިލޭޝް މިޝްރާ ބައްދަލުކުރެއްވުން...
ޓްވިޓަރ
ސްކޮލަޝިޕްގެ ފުރުޝަތު
އައިސީސީއާރުން ދޭ ސްކޯލާޝިޕަށް ހޮވުނު ކުދިންނާ އަކިލޭޝް މިޝްރާ ބައްދަލު ކުރައްވައިފި
އައިސީސީއާރުގެ މި ސްކޮލާޝިޕްގައި 6 ކުއްޖަކު އިންޑިއާއަށް ދާނެ
މިދަރިވަރުން ކިޔަވާނީ ޔުނިވާސިޓީ އޮފް ރާޖިސްތާނު އަދި ޔުނިވާސިޓީ އޮފް މައިސޫރު ގައި

އިންޑިއަން ކައުންސިލް ފޯ ކަލްޗްރަލް ރިލޭޝަންސް (އައިސީސީއާރު) އިން ދޭ ސްކޯލާޝިޕަށް ހޮވުނު ދަރިވަރުންނާ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ބައްދަލު ކުރައްވައިފިއެވެ.

އިއްޔެ (އާދިއްތަ) ދުވަހު ކުރިއަށް ގެންދިޔަ މިބައްދަލު ކުރެއްވުމުގައި އަކިލޭޝް މިސްރާ ވަނީ އިންޑިއާ އަށް ދާ ކުދިންނަށް ހިތްވަރު ދެއްވައިފައެވެ. ވަގުތުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ކިޔެވުމަށް ލިބޭ ވަގުތު ބޭކާރު ނުކޮށް ހެޔޮ ގޮތުގައި ހިފުމަށް ވަނީ ނަސޭހަތްދެއްވާފަ އެވެ. މީގެ އިތުރުން ކިޔަވައި ނިމެގެން ރާއްޖެއައިސް އެކިދާއިރާތަކުގައި މަސައްކަތްކޮށް، ތަރައްގީގެ ބައިވެރިއަކަށް ވުމަށް އެ ދަރިވަރުންގެ ކިބައިން އެކިލޭޝް މިޝްރާ ވަނީ އެދިވަޑައިގެންފައެވެ.

އައިސީސީއާރުގެ މި ސްކޮލާޝިޕްގައި މަތީތައުލީމު ހާސިލް ކުރުމަށް މި ފަހަރު ހަ ކުއްޖަކު އިންޑިއާއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. މިދަރިވަރުން ކިޔަވާނީ ޔުނިވާސިޓީ އޮފް ރާޖިސްތާނު އަދި ޔުނިވާސިޓީ އޮފް މައިސޫރު ގައެވެ.

ކޮންމެ އަހަރަކު ވެސް އިންޑިއާއިން އަންނަނީ ރާއްޖެއަށް އައިސީސީއާރުގެ ދަށުން ފުލް ފަންޑަޑް ސްކޮލާޝިޕްތައް ދެމުންނެވެ.

މީގެ ތެރޭގައި އަންޑާ ގްރެޖުއޭޓް، ޕޯސްޓް ގްރެޖުއޭޓް، މާސްޓާސް އޮފް ފިލޯސޮފީ އަދި ޕީއެޗްޑީ ކޯސްތައް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް