ކ. މާލެ
|
25 ޖޫން 2018 | ހޯމަ 09:03
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ
ޕީޕަލް މެގަޒިން
މަޖިލިސް ޖަލްސާ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވަނީ
ޖަލްސާ ބާއްވަނީ 01:00 ގައި
ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހެޅޭނެ
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހެޅޭނެ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ބޭއްވުމަށް ތާވަލްކޮށްފި އެވެ.

ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މެންދުރު 01:00 ގަ އެވެ.

ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވާ ކަންކަމަށް ބަލާ އިރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، ރަޝިއަން ފެޑަރޭޝަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން- ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ، މ.ކޮތަންމާގެ މުހައްމަދު ޙުސައިން ޝަރީފްގެ ނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލަ  ވަނީ އެޖެންޑާކޮށްފަ އެވެ.

މުހައްމަދު ހުސައިން ޝަރީފް ( މުންދު)  ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅަފައިވާ ސަފީރެއެވެ. މީގެ ކުރިން ޖަފާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރުކަންވެސް މުންދު އަދާކުރެއްވި އެވެ. އަދި މި ސަރުކާރުގެ ރައީސް އޮފީސް މިނިސްޓަރުކަން ވެސް އެމަނިކުފާނު ވަނީ ފުރުއްވާފަ އެވެ.

މީގެ އިތުރުން މަޖިލީހަށް ތައާރަފް ކުރުމަށް ހަމަޖެހިފައިވާ ބިލްތަކުގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ވެސް ވަނީ އެޖެންޑާ ކުރެވިފަ އެވެ.

މިފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް ބާއްވާފައިވަނީ ސަރުކާރުން ބޭނުންވާ ނިންމުންތައް އެކަނި ނިންމުމަށް ކަމަށް އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ މެންބަރުން ދަނީ ފާހަގަ ކުރަމުންނެވެ. އަދި މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލީހުގެ ޖަލްސާތައް ނުބާއްވާ ކަމަށް ވެސް އެފަދަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މިފަހަކަށް އައިސް ބޭއްވުން ޖަލްސާތަކުގައި  މާބޮޑު ބަހުސެއް ނޯވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް