ކ. މާލެ
|
25 ޖޫން 2018 | ހޯމަ 02:58
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް، އެމްބިއުލެންސަށް އަރުވަނީ
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް، އެމްބިއުލެންސަށް އަރުވަނީ
މުހައްމަދު ޝަރުހާން
ޤާސިމް އިބްރާހިމް
ޤާސިމްގެ ޖަވާބު ފުލުހުންނަށް: އަޅުގަނޑު މިހުރީ ބޭސްފަރުވާގައިި
ފުލުހުންގެ ޗިޓްގައިވާ ގޮތުން ގާސިމަށް އަންގާފައިވަނީ މިއަދު (ހޯމަ ދުވަހު) ގެ 2:00 އަށް ފުލުހަށް ހާޒިރުވުމަށް
ރާއްޖެއިން ބޭރުން ބޭސްފަރުވާކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވޭ
ޕޮލިސް ސާވިސް އަށް ހާޒިރުކުރަން މަސައްކަތްކުރުމަކީ ކޯޓުގެ ހުކުރުމަށް ކެނޑުން

ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާ، ޓުވިޓަރ މެދުވެރިކޮށް ޗިޓް ފޮނުވުމާއި ގުޅިިގެން ޤާސިމް އިބްރާހިމް، ޓުވިޓަރ މެދުވެރިކޮށް، އެ ޗިޓަށް ޖަވާބުދާރީވެވަޑައިގެން ހުންނެވީ ބޭސްފަރުގައިކަމަށް ވިދާޅުވެއްޖެ އެވެ. 

ޓުވިޓަރ މެދުވެރިކޮށް، ފުލުހުން ޤާސިމް އިބްރާހިމަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ ހުކުމް ތަންފީޒުކުރަމުންދަނިކޮށް ބޭސް ފަރުވާއަށް ފޮނުވުމުން އެ މުއްދަތު ހަމަވުމުން ވެސް އެނބުރި ރާއްޖެ ނައިސް ފިލައިގެން އުޅޭ މައްސަލަ ތަހުގީގުކޮށް ބަޔާން ނެގުމަށްޓަކައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާ ކަމަށެވެ. ފުލުހުންގެ ޗިޓްގައިވާ ގޮތުން ގާސިމަށް އަންގާފައިވަނީ މިއަދު (ހޯމަ ދުވަހު) ގެ 2:00 އަށް ފުލުހަށް ހާޒިރުވުމަށެވެ.

ފުލުހުންގެ އެ ޗިޓަށް ޖަވާބުދެއްވައި، ފުލުހުންގެ ޓުވިޓަރ ހޭންޑުލް ޓެގްކޮށް، ޤާސިމްކުރި ޓުވީޓްގައި ވަނީ އޭނާ ހުރީ ބޭސް ފަރުވާގައި ކަމަށެވެ. އަދި ރާއްޖެއިން ބޭރުން ބޭސްފަރުވާކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ޤާސިމް އިބްރާހިމް ވިދާޅުވިި އެވެ. 

ޤާސިމް ވިދާޅުވީ، އޭނާ ބޭސްފަރުވާގައި ހުއްޓައި، އޭނާއަކީ ފިލައިގެން އުޅޭ މީހެއް ކަމަށް ބުނެ މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހާޒިރުކުރަން މަސައްކަތްކުރުމަކީ ކޯޓުގެ ހުކުރުމަށް ކެނޑުން ކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އަދި  ގާނޫނު ނަންބަރު 22/2010ގެ 77 ބައްލަވާލެއްވުމަށް އެދޭކަމަށްވެސް ބުނެފައިވެއެވެ. 

ގާސިމް ބޭސްފަރުވާ އަށް ސިންގަޕޫރަށް ފުރާވަޑައިގަތީ ސެޕްޓެމްބަރު 6، 2017 ގަ އެވެ. ސިންގަޕޫރުގައި ހުންނެވުމަށްފަހު ޤާސިމް ވަނީ ޖަރުމަނުވިލާތަށް ވަޑައިގެން އެ ޤައުމުގެ ސިޔަސީ ހިމާޔަތް ހޯދަވައިފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް