ކ. މާލެ
|
25 ޖޫން 2018 | ހޯމަ 01:50
24 ޖޫން 2018 ގައި ތުރުކީގައި ބޭއްވި އިންތިޚާބުގައި އޮރްދޮޣާނަށް ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރުމަށް ސަޕޯޓަރުން މަގުތަކުގައި އުފާފާޅުކުރަނީ
24 ޖޫން 2018 ގައި ތުރުކީގައި ބޭއްވި އިންތިޚާބުގައި އޮރްދޮޣާނަށް ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރުމަށް ސަޕޯޓަރުން މަގުތަކުގައި އުފާފާޅުކުރަނީ
ގެޓީ އިމޭޖަސް
ތުރުކީގެ އިންތިޚާބު
ތުރުކީގެ އިންތިޚާބު: އޮރްދޮޣާން ކާމިޔާބީ އިއުލާނުކުރައްވައިފި
ވޯޓްލުމުގެ ހައްގުލިބިފައިވާ މީހުންގެ %87 ވޯޓްލީ
އޮރްދޮޣާންއަށް %53 ލިބިވަޑައިގެންފައިވޭ
އެންމެ ވާދަވެރި ކެނޑިޑޭޓަށް ލިބިވަޑައިގަތީ %31

ތުރުކީގައި އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ފުރަތަމަބުރުން އިންތިޚާބު ކާމިޔާބު ކުރެއްވިފައިވާކަމަށް ގަބޫލުކުރެއްވޭކަމަށް އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އޮރްދޮޣާން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވޯޓްގެ ބޮޑުބައެއް ގުނާ ނިމިފައިފައިވާއިރު އޮރްދޮޣާންއަށް %53 ލިބިވަޑައިގެންފައިވާއިރު އެންމެ ގާތުން ވާދަކުރެއްވި ވާތުފިޔައިގެ މެދުމިނުގެ މުހައްރަމް އިންޝީއަށް ލިބިވަޑައިގެންފައިވަނީ %31 އިންސައްތައެވެ.

ނަމަވެސް މި އަދަދުތަކާއިމެދު އިދިކޮޅު ފަރާތްތަކުން ޚިޔާލު ތަފާތުއިރު އެ ފަރާތްތަކުން ބުނެފައިވަނީ އަދިވެސް އެތައް ވޯޓެއް ނުގުނާ އެބަހުރިކަމަށެވެ.

އޮރްދޮޣާން ވަނީ އާދީއްތަ ދުވަހު ކުރިޔަށްދިޔަ ގާނޫނުހަދާ މަަޖިލީހުގެ އިންތިޚާބުގައިވެސް އެ މަނިކުފާނުގެ އޭކޭ ޕާޓީއާއި ގުޅިފައިވާ ކޯލިޝަނުން ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދާފައިވާކަމަށް ބުނެފައެވެ.

ދައުލަތުގެ މީޑިއާ، އަނަދޮލޫއިން ރިޕޯޓްކޮށްފައިވާގޮތުގައި ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގެ ވޯޓްގެ %96 ގުނާ ނިމިފައިވާއިރު ރައީސް އޮރްދޮޣާންގެ އޭކޭ ޕާޓީއަށް %43 ވަނީ ލިބިފައެވެ. އިދިކޮޅު މައި ޕާޓީ،ސީއެޗްޕީއަށް ލިބިފައިވަނީ %23 އެވެ.

ކުރުދީންނަށް ތާއީދުކުރާ އެޗްޑީޕީއިންވެސް 10 އިންސައްތަ ވޯޓް ހޯދައި މަޖިލީހުގެ ގޮނޑިތަކެއް ދަނީ ބަލަމުންނެވެ. މިކަން ވެގެންދާނީ އޮރްދޮޣާނާއި އެމަނިކުފާނުގެ ބައިވެރިން ކަމަށްވާ އެމްއެޗްޕީއަށް އަޣުލަބިއްޔަތު ހޯދުމަށް ދިމާވާނެ ގޮންޖެހުމަކަށެވެ.

ދައުލަތުގެ މީޑިއާއިން ބުނާގޮތުގައި ވޯޓްލީ ނިސްބަތް ހުރީ %87 ގައެވެ.

ތުރުކީއަށް 2016 ވަނަ އަހަރު ގެންނަން އުޅެ ނާކާމިޔާބުވި ބަޣާވާތަށްފަހު އަދިވެސް އެގައުމުގައި އޮތީ ކުއްލިހާލަތު އިއުލާނުކުރެވިފައެވެ.

މި އިންތިޚާބު ބޭއްވުމަށް ކުރިން ރޭވިފައި އޮތީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ނަމަވެސް އިންތިޚާބު އަވަސްކުރެއްވުމަށް ނިންމެވީ ރައީސް އޮރްދޮޣާނެވެ.

- ކޮމެންޓް