ކ. މާލެ
|
25 ޖޫން 2018 | ހޯމަ 03:07
ފުލުހުންނާއި، ކަސްޓަމްސްއިން ޕެރަޑައިސްގައި ހަރަކާތްތެރިވަނީ
ފުލުހުންނާއި، ކަސްޓަމްސްއިން ޕެރަޑައިސްގައި ހަރަކާތްތެރިވަނީ
މުހައްމަދު ޝަރުހާން
ވިލާގެ ރިސޯޓްތަކަށް އެރުން
ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
ފުލުހުން ހަރަކާތްތެރިވަނީ ކަސްޓަމްސް އިން ކުރިއަށްގެންދާ އޮޕަރޭޝަނަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް

ބަނގުރަލާ ގުޅުން ހުރި މައްސަލައެއްގައި ފުލުހުންނާއި ކަސްޓަމްސްއިން އަނެއްކާވެސް ޕެރަޑައިސް އައިލެންޑް ރިސޯޓަށް އަރައިފި އެވެ. 

ފުލުހުން ވަނީ ރާއްޖެ.އެމްވީއަށް އެެކަން ކަށަވަރުކޮށްދީފައެވެ. 

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ފުލުުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުން ޕެރަޑައިސްގައި ހަރަކާތްތެރިވާ ކަމަށާއި، ހަރަކާތްތެރިވަނީ ކަސްޓަމްސް އިން ކުރިއަށްގެންދާ އޮޕަރޭޝަނަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ. ނަމަވެސް އެ އޮޕަރޭޝަނާއި ގުޅޭ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. 

ރާއްޖެ.އެމްވީއަށް އެނގިފައިވާގޮތުގައި ފުލުހުންނާއި ކަސްޓަމްސްއިން ޕެރަޑައިސްއަށް އަރާފައިަވނީ ބަނގުރަލާއި ގުޅުންހުރި މައްސަލައެއްގައެވެ. އެގޮތުން ސަފާރީއަކަށް ދޫކުރި ބަނގުރާތަކެއް ޕެރަޑައިސްއަށް ބާލައި، ބޭނުންކުރަމުންދާކަމަށް ކަސްޓަމްސްއިން ތުހުމަތުކޮށްފައިވެއެވެ. އަދި ކަސްޓަމްސް އިން ހަރަކާތްތެރިވަނީ އެ މައްސަލައާއި ގުޅިގެން ހިންގާ އޮޕަރޭޝަނެއްގައިކަން އެނގިފައިވެއެވެ.

މިކަމާއި ގުޅޭގޮތުން ވިލާ ހޮޓެލްސް އެންޑް ރިސޯޓްގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޤައިސަރު ނަސީމާއި، ގުޅުމުން އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ، ވިލާގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ. 

މީގެކުރިންވެސް ތަފާތު އެކިފަހަރު މަތިން ފުލުހުންނާއި، ކަސްޓަމްސްއިން ޕެރަޑައިސް އާއި، ވިލާގެ އެހެން ރިސޯޓުތަކަށް އަރައިފައިވެ އެވެ. އޭރު ފުލުހުންނާއި ކަސްޓަމްސްއިން ވިލާގެ ރިސޯޓުތަކަށް އަރާފައިވަނީ، ބަނގުރާ ބޭނުންކޮށް، ވިއްކުމުގެ ހުއްދަ ބާތިލްކުރުމަށްފަހު އެވެ. އެ ހުއްދަ ބާތިލްކުރި ސަބަބެއްކަމަށް ކަސްޓަމްސްއިން އޭރުގައި ބުނެފައިވަނީ ދައުލަތަށް ދައްކަންޖެހޭ ފައިސާތަކެއް ނުދައްކާ ހުރުން ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ފަހުން ވަނީ އެ ފައިސާއަކީ ވިލާ ކުންފުނިން ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށް ކަނޑައަޅާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް