ކ. މާލެ
|
24 ޖޫން 2018 | އާދީއްތަ 22:26
އިންޓަނޭޝަނަލް މީޑިއާ ކޮންފަރެންސް ފެށުމަށްޓަކައި ބޭއްވި ހަފުލާގައި އީސްޓް-ވެސްޓް ސެންޓަރުގެ މީޑިއާ ޕްރޮގްރާމްސް މެނޭޖަރު ސޫޒަން ކްރެއިފެލްސް ވާހަކަ ދައްކަނީ
އިންޓަނޭޝަނަލް މީޑިއާ ކޮންފަރެންސް ފެށުމަށްޓަކައި ބޭއްވި ހަފުލާގައި އީސްޓް-ވެސްޓް ސެންޓަރުގެ މީޑިއާ ޕްރޮގްރާމްސް މެނޭޖަރު ސޫޒަން ކްރެއިފެލްސް ވާހަކަ ދައްކަނީ
ހުސެން ފިޔާޒް
މީޑިއާ ކޮންފަރެންސް
އިންޓަނޭޝަނަލް މީޑިއާ ކޮންފަރެންސް ސިންގަޕޫރުގައި ފަށައިފި، ބޮޑެތި ގޮންޖެހުންތަކަށް މަޝްވަރާކުރާނެ!
ފޭކް ނިއުސްއާ އާއި އާޓިފިޝަލް އިންޓެލިޖެންސްއާ ގުޅޭ ގޮތުން ވާހަކަ ދައްކާނެ
ގޮންޖެހުންތަކަށް މަޝްވަރާކުރާނެ
ސިންގަޕޫރަށް ނޫސްވެރިކަމުގެ ފޯވައްސެއް

މި ޖޫން މަހަކީ ސިންގަޕޫރަށް ވަރަށް ހާއްސަ މަހެކެވެ. ހާއްސަކޮށް މީޑިއާއާ ގުޅުންހުރި ކަންކަމުގަ އެވެ. އެންމެ ބޮޑު ދެ ހަތުރުން ކަމުގައިވާ އެމެރިކާ އާއި އުތުރު ކޮރެއާގެ ލީޑަރުން މި ޖޫން 12 ވަނަ ދުވަހު ސިންގަޕޫރުގައި ބައްދަލުކުރައްވާފައިވާއިރު، އެ ތާރީޚީ އިވެންޓް ކަވަރުކުރަން ދުނިޔޭގެ ކަންކޮޅުތަކުން 2،500 އަށް ވުރެ ގިނަ ނޫސްވެރިން ޖަމާވި އެވެ.

އޭގެ 10 ދުވަސް ފަހެވެ. ޖޫން 23-24 ގައި ސިންގަޕޫރުގައި ހުންނަ ގޫގުލް އޮފީހުން އިންތިޒާމުކޮށްގެން ނޫސްވެރިންނަށް ދެ ދުވަހުގެ މުއްދަތައް ކޮންފަރެންސެއް ބޭއްވީ އެވެ. އަދި އެއަށް ފަހު، އެމެރިކާގެ އީސްޓް-ވެސްޓް ސެންޓަރުން އިންތިޒާމުކޮށްގެން ބާއްވާ އިންޓަނޭޝަނަލް މީޑިއާ ކޮންފަރެންސަށް ދުނިޔޭގެ އެކި ގައުމުތަކުން 350 މީހުން ސިންގަޕޫރަށް ވަނީ ޖަމާވެފަ އެވެ.

ކޮންފަރެންސް ފެށުމަށް ބޭއްވި ހަފުލާގެ ތެރެއިން

މި ކޮންފަރެންސް މިރޭ ރަސްމީކޮށް ފަށާފައިވާއިރު، ނޫސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް، ހާއްސަކޮށް ރުޅިވެރިކަން އުފެއްދުމަށް ލިޔާ ލިޔުންތަކާއި ފޭކް ނިއުސް އާއި ކަނޑައެޅިގެން ދޮގުކަން އެނގޭ ހަަބަރުތަކުގެ ސަބަބުން ނޫސްވެރިކަމަށް ކުރާ އަސަރާ ގުޅޭ ގޮތުން މަޝްވަރާކުރާނެ އެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް އާއި ޒަމާނީ ކުރިއެރުންތަކާއެކު ނޫސްވެރިކަމުގެ މަސައްކަތަށް ފަސޭހަކަން ލިބިގެންދާއިރު، ކުރިމަތިވާ ގޮންޖެހުމަށް ވެސް ކޮންފަރެންސްގެ ބައިވެރިން މަޝްވަރާކުރާނެ އެވެ.  

މި މަހުގެ 24-27 އަށް ސިންގަޕޫރު މެނޭޖްމެންޓް ޔުނިވަރސިޓީގެ ލޯ ސްކޫލްގައި ބާއްވާ އިންޓަނޭޝަނަލް މީޑިއާ ކޮންފަރެންސް އިންތިޒާމުކުރާ އީސްޓް-ވެސްޓް ސެންޓަރުގެ މީޑިއާ ޕްރޮގްރާމް މެނޭޖަރު ސޫޒަން ކްރެއިފެލްސް ވިދާޅުވީ ދޮގު ހަބަރު ފަތުރާތީވެ، ނޫސްވެރިކަމަށް އެކަމުގެ ނުރަނގަޅު އަސަރު ކުރާ ކަމަށެވެ. މި ގޮންޖެހުމުގެ ސަބަބުން، ނޫސްވެރިން ލިޔާ ހަބަރުގެ ސައްހަ ކަމާމެދު ރައްޔިތުންގެ އިތުބާރު އަލުން ހޯދައި، ދެމެހެއްޓުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ސޫޒަން ވިދާޅުވި އެވެ.

ކޮންފަރެންސްގެ ބައެއް ބައިވެރިންނާއެކު ރާއްޖެ ޓީވީގެ ސީއޯއޯ ފިޔާޒު: ރާއްޖެ ޓީވީގެ ފަރާތުން ކޮންފަރެންސްގައި ބައިވެރިވީ ފިޔާޒު އެކަނި. 
 

ކޮންފަރެންސްގެ މި ހަފުތާތެރޭގައި މީޑިއާއާ ގުޅުންހުރި އިތުރު ހަރަކާތްތަކެއް ވެސް ފަށާނެ އެވެ. އެއީ މި މަހުގެ 26-28 އަށް ސިންގަޕޫރުގައި ބާއްވާ ބްރޯޑްކާސްޓިން އޭޝިއާ ފެއާ އާއި ކޮމިއުނިކްއޭޝިއާ އެގްޒިބިޝަން އަދި ކަނެޓް ޓެކް އޭޝިއާ ސަމިޓް ހިމެނެ އެވެ. މި ތިން އެގްޒިބިޝަން މި މަހުގެ 24 ފަށާއިރު، ދުނިޔޭގެ އެންމެ ބޮޑު ނޫސްވެރިކަމާ ގުޅޭ ކޮންފަރެންސް ޖޫން 24 ވަނަ ދުވަހު ވަނީ ފަށައިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް