ކ. މާލެ
|
25 ޖޫން 2018 | ހޯމަ 03:12
ރައްޔިތުންގެ މަޖިލިސް: އިންތިޚާބާ ބެހޭ ޤާނޫނަށް ސަރުކާރުން އިސްލާހްތަކެއް ގެންނަނީ
ރައްޔިތުންގެ މަޖިލިސް: އިންތިޚާބާ ބެހޭ ޤާނޫނަށް ސަރުކާރުން އިސްލާހްތަކެއް ގެންނަނީ
ގޫގުލް
ރިޔާސީ ރޭސް 2018
ރައީސްކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކާ ގުޅޭ ބިލެއް ސަރުކާރުން ހުށަހަޅަނީ
ފާހަގަ ޖެހުން ފިޔަވައި، އިތުރަށް އެއްޗެއް ކުރަހައިފި ނަމަ ނުވަތަ ލިޔެފި ނަމަ އެ ވޯޓެއް ބާތިލްވާ ގޮތަށް ކަނޑައަޅަނީ
އިންތިޚާބުގެ 90 ދުވަސް ކުރިން ވޯޓާސް ލިސްޓް އާންމު ކުރަންޖެހޭ
ބިލުގެ ފުރަތަމަ ކިއުން ހޯމަ ދުވަހު އިއްވާނެ

ރައީސުލް ޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކާ ގުޅޭ ބިލެއް ސަރުކާރުން ހުށަހަޅަން އުޅޭކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޔާސީ އިންތިހާބުގެ ގާނޫނަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކާ ގުޅޭ އެއިސްލާހް ހުށަހަޅުއްވާފައިވަނީ ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހުސެއިން މަނިކެވެ.

ހޯމަދުވަހު ފުރަތަމަ ކިޔުން އިއްވާ އެ ބިލަކީ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކާ ގުޅޭ ގޮތުން ރިޔާސީ އިންތިހާބުގެ ގާނޫނުގެ ހަތް ވަނަ މާއްދާއަށް ހުށަހަޅާ އިސްލާހެކެވެ. އެ މާއްދާއަކީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް ބަޔާން ކުރާ މާއްދާ އެވެ. އެ މާއްދާގައި ބުނެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ ފަރާތްތަކަކީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބުނާ ޝަރުތުތައް ހިމެނޭ ފަރާތަކަށް ވާންވާނެ ކަމަށެވެ.

މީގެ އިތުރުން ވޯޓު ކަރުދާހުގައި ފާހަގަ ޖެހުން ފިޔަވައި، އިތުރަށް އެއްޗެއް ކުރަހައިފި ނަމަ ނުވަތަ ލިޔެފި ނަމަ އެ ވޯޓެއް ބާތިލްވާ ގޮތަށް ކަނޑައެޅުމަށާއި އިންތިޚާބުގައި ވޯޓު ދިން މީހުންގެ އަދަދު ކަނޑައެޅުމުގައި ބާތިލް ވޯޓު ހިމަނައިގެން ނުވާނެ ކަމަށް އޮންނަ އޮތުން އުވާލަން ވެސް ސަރުކާރުން ހުށަހަޅާފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އަދި އިންތިޚާބުތަކާ ބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން ވޯޓާސް ލިސްޓް އާންމު ކުރަން ޖެހެނީ އިންތިޚާބުގެ 45 ދުވަސް ކުރިން ކަމަށް ވިޔަސް، އިންތިޚާބުގެ 90 ދުވަސް ކުރިން އެ ލިސްޓް އާންމު ކުރަންޖެހޭ ގޮތަށާއި ވޯޓުލެވޭ މީހުން ވޯޓުލާ ތަންތަނުގެ މައުލޫމާތު އެނގޭނެ ލިސްޓް އިންތިޚާބުގެ 45 ދުވަސް ކުރިން އާންމު ކުރަންޖެހޭ ގޮތަށް ވެސް އެ އިސްލާހުގައި ހިމަނާފައިވާކަމަށް ވަނީ އެނގިފައެވެ.

ހުށަހަޅާފައިވާ އިތުރު އިސްލާހް ތަކުގެ ތެރޭގައި މޮނީޓަރުން ފިޔަވައި، ވޯޓުލާން ދާ މީހުން ވީޑިއޯ ނުވަތަ އަޑު ރެކޯޑް ކުރެވޭ ވަސީލަތްތައް ވޯޓުލާ މަރުކަޒަށް ވެއްދުން މަނާކުރަން ވެސް އެ އިސްލާހުގައި ހިމަނާފައިވާ ކަމަށް ވަނީ އެނގިފަ އެވެ. އަދި އިންތިޚާބީ ކުށްތަކަށް ކަނޑައެޅޭ އަދަބުތައް ބޮޑުކުރަން ވެސް އެ އިސްލާހުގައި ހިމަނާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް