ކ. މާލެ
|
24 ޖޫން 2018 | އާދީއްތަ 21:59
ދަނގެތިން އަތުލައިގަތް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި
ދަނގެތިން އަތުލައިގަތް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި
ޕޮލިސް
މަސްތުވާތަކެތި އަތުލައިގަތުން
އދ. ދަނގެތިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި
ހައްޔަރު ކޮށްފައި ވަނީ 32 އަހަރުގެ ފިރިހެނެއް
ފިރިހެން މީހާގެ މުއްދަތަށް 10 ދުވަސް ވަނީ ޖަހާފައި

އދ. ދަނގެތީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.

ދަނގެއްޗަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޖޫން 21 ވަނަ ދުވަހުގެ ހަވީރު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ ފިރިހެނެކެވެ. ދަނގެއްޗަށް އައި ލޯންޗަކުން ގެނައި ކޮތަޅަކާއި ހަވާލުވި އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާގެ އަތުގައި އޮތް ކޮތަޅު ބަލައި ފާސް ކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިވާ 11 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް ވަނީ 10 ދުވަސް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުން ޖަހާދީފައެވެ.

މި މައްސަލަ އދ. ދަނގެތި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް