ކ. މާލެ
|
24 ޖޫން 2018 | އާދީއްތަ 21:41
ޝަހީދު ހުސައިން އާދަމް ބިލްޑިންގ: އިތުރު ސީސީޓީވީ ކެމެރާ ތަކެއް ބެހެއްޓުމަށް ވަނީ ނިންމާފައި
ޝަހީދު ހުސައިން އާދަމް ބިލްޑިންގ: އިތުރު ސީސީޓީވީ ކެމެރާ ތަކެއް ބެހެއްޓުމަށް ވަނީ ނިންމާފައި
މުހައްމަދު ޝަރުހާން
މޯލްޑިވްސް ޕޮލިސް ސަރވިސް
ފުލުހުން މާލޭގައި އިތުރު ސީސީޓީވީ ކެމެރާތަކެއް ބަހައްޓަނީ
ކެމެރާތައް ބަހައްޓާ ބުޑުތައް އަޅަން ވަނީ ބިޑަށް ހުޅުވާލާފައި
ބިޑް ހުށަހެޅުމުގެ ފަހު ދުވަހަކީ އަންނަ ބުރާސްފަތި ދުވަސް

މާލޭގެ އެކި ސަރަހައްދުތަކުގައި އިތުރު ސީސީޓީވީ ކެމެރާތަކެއް ބެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ.

ދިވެހި ސަރުކާރުގެ ގެޒެޓްގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިއުލާން ކޮށްފައިވާ ގޮތުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ އެސަރވިސްގެ ސީސީޓީވީ ކެމެރާ ތަކުގެ ހޮޅިދަނޑިތަކުގައި ކޮންކްރީޓް ބުޑު އެޅުމާއި ފައިބަރ ކޭބަލް އަޅާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އަދި އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އެކަމަށް ޝައުގުވެރިވާ  ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެއިއުލާނުގައި ބުނެފައިވާ ގޮތުގައި ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ ހޯމަ ދުވަހުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިއަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 އިން 11:00 އަށް އެ ސަރވިސްގެ ފައިނޭންސް އެންޑް އެސެޓް މެނޭޖްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައި ކަމަށެވެ.  ބީލަން ފޮތެއްގެ އަގަކީ 100.00ރ (ސަތޭކަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި އެސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެ ކަމަށްވެސް ފުލުހުންގެ އިއުލާނުގައި ބުނެފައިވެއެވެ.

މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ އަންނަ ޖުލައި 01 ވާ އާދީއްތަ ދުވަހުގެ 10:00 ގައި، އިސްކަންދަރު ބިލްޑިންގ ގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ މިމަހުގެ 28 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުމަށް ވަނީ އެދިފައެވެ.

ބީލަން ހުޅުވުން އޮންނާނީ 2018 ޖުލައި 08 ވާ އާދީއްތަ ދުވަހުގެ 10:00 ފައިނޭންސް  އެންޑް އެސެޓް މެނޭޖްމަންޓްގައި ކަމަށާއި ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައިކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ. އަދި ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށް ޕްރީބިޑް ބައްދަލުވުމާއި ބިޑް ހުޅުވުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވެންނެތް ކަމަށްވެސް އިއުލާނުގައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް