ކ. މާލެ
|
24 ޖޫން 2018 | އާދީއްތަ 13:20
ހާއްސައެއީއަށް ބޭނުންވާ މީހުންގެ ހައްގުތަކާ ގުޅޭ ދުވަސް ފާހަގަކުރުން
ހާއްސައެއީއަށް ބޭނުންވާ މީހުންގެ ހައްގުތަކާ ގުޅޭ ދުވަސް ފާހަގަކުރުން
މުހައްމަދު ފަޒީން
ކައުންސިލަށް ކުރިމަތިލުން
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތް ކުރާ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ނަފްސާނީ ބަލިތަކާއި ބެހޭ ސިއްހީ ހިދުމަތްތެރިއަކަށް ވާންޖެހޭ
އަންނަ ޖުލައި މަހުގެ 02 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައި

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތް ކުރާ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލުމަށް އިއުލާނުކޮށްފި އެވެ.

ޖެންޑަރ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލަށް މެންބަރަކު ހޮވުމަށް އިއުލާނު ކުރާ ކަމަށެވެ. މީގެ ކުރިން ކުރިން މިއަހަރުގެ މާރޗު މަހުގައި ކޮށްފައިވާ އިއުލާނުގައި މައްސަލައެއް އުޅުމުގެ ސަބަބުން އިއުލާނު ވަނީ ބާތިލްކޮށްފަ އެވެ.

މި ކައުންސިލަށް ހޮވުމަށް ބޭނުންވާ ނަފްސާނީ ބަލިތަކާއި ބެހޭ ސިއްހީ ޚިދުމަތްތަތެރިން ކަމުގައި ބުނެފައި ވަނީ، ނަފްސާނީ ބަލިތަކަށް ފަރުވާދިނުމާއި އެފަދަ ބަލި މީހުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމާއި އެފަދަ ބަލިތަކުން ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ޑޮކްޓަރުންނާއި، ސައިކޭޓްރިސްޓުންނާއި، ސައިކޮލޮޖިސްޓުންނާއި، ކައުންސެލަރުންނާއި، އެ ފަންނުގެ ސިއްހީ  އެހީތެރިންނެވެ.

 މިކަމަށް އެދި ޝައުގުވެރިވާ ފަރާތްތަކުން ޖުލައި 2 ގެ ކުރިން ޖެންޑަރ އެންޑް ފެލިމީއަށް ހުށަހެޅުމަށް އެ މިނިސްޓްރީން އެދެއެވެ.

ޑިސްއެބިލިޓީ ކައުންސިލްގެ މެމްބަރުންނަށް ދެނީ 5000 ރުފިޔާގެ އެލަވެންސް އެކެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް