ކ. މާލެ
|
24 ޖޫން 2018 | އާދީއްތަ 13:09
އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް
އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް
ގޫގުލް
ކަނޑުމަތީގެ ހާދިސާ
އެންދަމަން ފޭބި މީހަކު ޑީކޯވެގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި
އޭނާއަށް މިހާރު ފަރުވާ ދެމުން ދަނީ ގދ. ތިނަދޫ ހޮސްޕިޓަލުން

ގއ. ވިލިނގިލި ކައިރީ މަސްވެރިކަން ކުރަން އުޅުނު ދޯންޏަކުން އެން ދެމުމަށް ވައި ފުޅި އަޅައިގެން ފީނި މީހަކު ޑީކޮޕްރެޝަން ސިކްނެސް (ޑީކޯ) ވެގެން އެމްއެންޑީއެފް ސަދަން އޭރިއާ އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބިފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 8:30 ހާއިރު ކަމަށެވެ. މި ހާދިސާ ހިނގިއިރު ދޯނި އޮތީ ގއ. ވިލިނގިލީގެ އިރުން 11 މޭލު ބޭރުގަ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ. އަދި މި ހާދިސާގެ މައުލޫމާތު ލިބުމާއިއެކު ގއ. ވިލިނގިލި ސީ އެމްބިއުލާންސް ވަނީ އެ ސަރަހައްދަށް ގޮސް އުމުރުން 41 އަހަރުގެ މި މީހާ ސީ އެމްބިއުލާންސް އަށް ނަގާފައެވެ.

މި މީހާއަށް އިތުރު ފަރުވާ ދިނުމަށް އާދިއްތަ ދުވަހުގެ ހެނދުނު 10:30 ހާއިރު ގދ. ތިނަދޫ ހޮސްޕިޓަލަށް ވަނީ ގެންގޮސްދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް