ކ. މާލެ
|
24 ޖޫން 2018 | އާދީއްތަ 10:51
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރައީސް ޔާމީން ތުލުސްދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރައީސް ޔާމީން ތުލުސްދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް އޮފީސް
ރައީސް ޔާމީން
ކެމްޕެއިން ދަތުރުފުޅެއްގައި ރައީސް ޔާމީން ތުލުސްދޫ އާއި މާފުއްޓާއި ގުރައިދޫއަށް
ތިން ރަށަށް ކުރައްވާ ދަތުރުފުޅަށްފަހު މިރޭ މާލެ ވަޑައިގަންނަވާނެ

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކ. އަތޮޅުގެ ތިން ރަށަކަށް ރައީސް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅު ފައްޓަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޔާމީންގެ އެ ދަތުރުފުޅުގައި ތުލުސްދޫގެ ބަނދަރު ހުޅުއްވައި، މާފުށި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި ގުރައިދޫ ބަނދަރު ހުޅުއްވައިދެއްވައި އެ ރަށުގައި ގާއިމްކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ތިން ރަށަކަށް ރައީސް ކުރައްވާ އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، އާދީއްތަ ދުވަހުގެ ރޭ މާލެ ވަޑައިގަންނަވާނެއެވެ.

ރައީސް ޔާމީން މާލެ އަތޮޅަށް ކުރައްވާ ދަތުފުޅާ ގުޅިގެން، ސިފައިން ދަނީ ހަތިޔާރާއެކު އެ ރަށްތަކުގައި ހަރަކާތްތެރިވަމުންނެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކާއި ސްކޫލުތަކުގެ މުވައްޒަފުންނަށް ދަނީ މަޖުބޫރު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް