ކ. މާލެ
|
23 ޖޫން 2018 | ހޮނިހިރު 23:04
ކޮންގްރެސްއަށް ތައްޔާރުވުމަށް އެމްޑީޕީން ބޭއްވި ބައްދަލުވުމެއް
ކޮންގްރެސްއަށް ތައްޔާރުވުމަށް އެމްޑީޕީން ބޭއްވި ބައްދަލުވުމެއް
މުހައްމަދު ޝަރުހާން
ކައުންސިލް ސަސްޕެންޑް ކުރުން
ކައުންސިލަރުންގެ މުސާރަ އަނބުރާ ހޯދައިދީ، އެލްޖީއޭގެ ޖަރީމާތައް ތަހުގީގުކޮށް ފިޔަވަޅު އަޅާނަން: އެމްޑީޕީ
26 ކައުންސިލަރުން ސަސްޕެންޑްކޮށްފައި ވަނީ މުސާރަ ވެސް ނުލިބޭ ގޮތަށް 3 މަސް ދުވަހަށް

ސަސްޕެންޑްކުރި ކައުންސިލަރުންގެ މުސާރަ އަނބުރާ ހޯދައިދީ، އެލްޖީއޭގެ ޖަރީމާތައް ތަހުގީގުކޮށް ފިޔަވަޅު އަޅާނެ ކަަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޢަބްދުﷲ ޔާމިނުގެ ސަރުކާރުގެ ސިޔާސީ ބޭނުމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން، ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުންނަށް، އެއްވެސް ހަމައެއް ލަމައެއް ނެތި ފިޔަވަޅުއަޅައި ސަސްޕެންޑްކުރަމުން ގެންދާ ސިލްސިލާގެ ދަށުން އެއްފަހަރާ 26 ކައުންސިލަރަކު ސަސްޕެންޑްކުރި މައްސަލަ އެޕާޓިން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

އެލްޖީއޭ އިން 26 ކައުންސިލަރުން ސަސްޕެންޑްކޮށްފައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ހަރަކާތްތަކުގައި ބައިވެރި ކަމަށް ބުނެ،މުސާރަ ވެސް ނުލިބޭ ގޮތަށް ތިން މަސް ދުވަހަށެވެ. އެމްޑީޕީން ބުނީ މިއީ ސަރުކާރުގެ އަނިޔާވެރިކަމާއި ނާއިންސާފު ހައްދުން ނައްޓައިގެން ގޮސްފައިވާކަން ހާމަވެގެންދާ ކަމެއް ކަމަށެވެ.

އެލްޖީއޭ އިން މި 26 ކައުންސިލަރުން ސަސްޕެންޑްކޮށްފައި ވަނީ މި މަހުގެ ފަހުކޮޅު އއ. އުކުޅަހުގައި އެމްޑީޕީގެ ކޮންގްރެސް ބޭއްވުމުގެ މުހިއްމު މަސައްކަތާ ދިމާކޮށެވެ. އެމްޑީޕީން ބުނީ، އެކަން ކުރީ އެ މަސައްކަތަށް ހުރަސްއެޅުމުގެ ގޮތުން ކަމަށެވެ. ސަސްޕެންޑްކޮށްފައިވާ ކައުންސިލަރުންގެ ތެރޭގައި އއ. އުކުޅަހު ކައުންސިލްގެ ރައީސް ވެސް ހިމެނެއެވެ.

"ސަރުކާރުގެ ސިޔާސީ މަޤުސަދު ޙާޞިލުކުރުމަށްޓަކައި ޤާނޫނާ ޚިލާފަށް މިގޮތަށް ނުޙައްޤުން ސަސްޕެންޑްކޮށް މުސާރަ ނުލިބޭގޮތަށް ފިޔަވަޅުއަޅާފައިވާ އެންމެހައި ކައުސިލަރުންނަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ވެރިކަމެއްގައި ޙައްޤު ބަދަލު ހޯދައިދީ، އެ ކައުންސިލަރުންގެ މުސާރަ އަނބުރާ ރައްދުކުރުމާއެކު، އެލްޖީއޭ އިން ޤާނޫނާ ޚިލާފަށް ހިންގާފައިވާ ޖަރީމާތައް ވަރަށް ސީރިއަސްކޮށް ތަޙްޤީޤުކޮށް އެ ފަރާތްތަކާ މެދު ވަކިވަކިން ޤާނޫނީ ފިޔަވަޅުއަޅައި އަދަބުދެވޭނޭ ކަމުގެ ޔަޤީންކަން އަރުވަމެވެ." އެމްޑީޕީން ބުނެޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް