ކ. މާލެ
|
23 ޖޫން 2018 | ހޮނިހިރު 21:54
އިނދިކޮޅު މައި ކެނޑިޑޭޓް މުހައްރަމް އިންސް
އިނދިކޮޅު މައި ކެނޑިޑޭޓް މުހައްރަމް އިންސް
އޭއެފްޕީ
ތުރުކީ
ތުރުކީގެ އިދިކޮޅު މައި ކެންޑިޑޭޓް ޣުރުދުޣާން އަށް ޓީވީ ބަހުސަކަށް ވަޑައިގަތުމަށް ގޮންޖައްސައިފި
ޣުރުދާން ވާދަކުރައްވަނީ އެމަނިކުފާނުގެ ދެވަނަ ރިޔާސީ ދައުރަށް

ތުރުކީގައި އާދީއްތަ ދުވަހު އިންތިޚާބު ބާއްވާއިރު، އެ އިންތިޚާބު ކުރިން "އެންމެ ފަހު ފުރުސަތުގެ ގޮތުގައި" ޓީވީ ބަހުސަކަށް އިދިކޮޅު މައި ކެންޑިޑޭޓް މުހައްރަމް އިންސްއާ އެކު ވަޑައިގަތުމަށް ރައީސް ރަޖަބް ތައްޔިބު ޣުރުދާން އަށް އޭނާ ގޮންޖައްސަވައިފިއެވެ.

ތުރުކީގައި ރިޔާސީ އިންތިޚާބާއި އާއްމު އިންތިޚާބު އާދީއްތަ ދުވަހު ބާއްވާއިރު ވެރިރަށް އަންކަރާގައި ބޭއްވި ބޮޑު އެއްވުމެއްގައި އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ)ގެ ލީޑަރު މުހައްރަމް އިންސް، ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަށް ޓީވީ ބަހުސަކަށް ގޮންޖައްސަވައި ވިދާޅުވީ ހޮނިހިރު ދުވަހަކީ އެންމެ ފަހު ދުވަސް ކަމަށާއި، ޣުރުދުޣާންގެ ހިތްވަރު ހުރި ނަމަ އެމަނިކުފާނާއި ކުރިމަތިލެއްވުމަށް އެދޭ ކަމަށެވެ. 

އިދިކޮޅު ލީޑަރުން ޓީވީ ބަހުސްތަކަށް ކުރިން ދިން ދައުވަތަށް އުރުދުޣާން ދެކޮޅު ހައްދަވާފައިވާއިރު، އިނދިކޮޅު މައި ކެނޑިޑޭޓް މުހައްރަމް އިންސް ވަނީ ދެ ދުވަސްތެރޭ ބޮޑު ދެ އެއްވުން ބާއްވާފައެވެ. ހޮނިހިރު ދުވަހު ވެސް އިންސް އަށް ތާއިދު ހޯދުމުގެ ބޮޑު އެއްވުމެއް ބާއްވާނެއެވެ. 

މުހައްރަމް އިންސް ތުރުކީގެ ރިޔާސީ ރޭހަށް ވަރުގަދަ ހަކަތައެއް ގެނެސްފައި ވެއެވެ. އެމަނިކުފާނު ފެނިގެން ދަނީ ވަރަށް ހަރަކާތްތެރި އަދި މޮޅު ވާހަކަ ދެއްކުންތެރިއެއްގެ ގޮތުގައެވެ. މަސްރަހު ދިރާސާ ކުރައްވާ ގިނަ ފަރާތްތަކުން ވިދާޅުވަމުން ގެންދެވަނީ އާދީއްތަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބު ދެވަނަ ބުރަކަށް ދާން ޖެހޭނެ ކަމަށެވެ. ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ އޮންނާނީ ޖުލައި 8 ގައެވެ. 

ރައީސް ޣުރުދުޣާން އަވަސް އިންތިޚާބަކަށް ގޮވާލައްވައި އާދީއްތަ ދުވަހު ތުރުކީގައި ރިޔާސީ އިންތިޚާބާއި އާއްމު އިންތިޚާބު ބާއްވާއިރު، ކުރިން އިންތިޚާބުތައް ބާއްވަން އޮތީ 2019ގެ ފަހުކޮޅުއެވެ. އާދީއްތަ ދުވަހުގެ ރިޔާސީ އިންތިޚާބުގައި ޣުރުދުޣާންއާ ދެކޮޅަށް ފަސް ކެންޑިޑޭޓަކު ވާދަ ކުރާނެއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް