ކ. މާލެ
|
24 ޖޫން 2018 | އާދީއްތަ 21:31
ރާއްޖެ ޓީވީގެ ހެޑް އޮފް ކޯޕަރޭޓް އެފެއާރޒް ރީޝާ އާއިލާއަކާއި އެހީ ހަވާލުކޮށްދެއްވަނީ - މި ޕްރޮގްރާމްގައި ބައިވެރިވި އާއިލާތަކަށް ގިނަ ބަޔެއްގެ އެހީތެރިކަން ލިބިގެންދިޔަ
ރާއްޖެ ޓީވީގެ ހެޑް އޮފް ކޯޕަރޭޓް އެފެއާރޒް ރީޝާ އާއިލާއަކާއި އެހީ ހަވާލުކޮށްދެއްވަނީ - މި ޕްރޮގްރާމްގައި ބައިވެރިވި އާއިލާތަކަށް ގިނަ ބަޔެއްގެ އެހީތެރިކަން ލިބިގެންދިޔަ
ރާއްޖެއެމްވީ
މިވެސް ދިވެހިން
ރާއްޖެ ޓީވީގެ މިވެސް ދިވެހިން: ތިން އާއިލާއަކަށް 250،000 އަށްވުރެ ގިނަ ފައިސާގެ އެހީ
ތިން އާއިލާ އަކަށް ޖުމްލަ 265،000 ރުފިޔާ ވަނީ ހަވާލުކޮށްދީފައި
ހަދިޔާ ކޮށްފައިވާ ތަކެތީގެ އަގު 95،000 ރ، އާއި 100،000ރ، އާއި ދެމެދުގެ އަގަކަށް އަރާނެ
ބައިވެރިވި އާއިލާ ތަކަކީ މާލޭގައި ދަތި ހާލުގައި މިވަގުތު ދިރިއުޅެމުންދާ އާއިލާ ތަކެއް

މިދިޔަ ރަމަޟާންމަހު ރާއްޖެ ޓީވީން ގެނެސްދިން "މިވެސް ދިވެހިން" ޕްރޮގްރާމުގެ ފަރާތުން އެހީތެރިކަން ބޭނުންވެފައިވާ ނިކަމެތި ތިން އާއިލާއަކަށް  250،000 އަށް ވުރެ ގިނަ ފައިސާގެ އެހީ އާއި ތަކެތި ހަވާލުކޮށްފިއެވެ.

ދަތި ހާލުގައި މާލޭގައި ދިރިއުޅެމުންދާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ރާއްޖެ ޓީން ގެނެސްދިން މި ޕްރޮގްރާމުގެ ފަރާތުން ވަނީ އެއް އާއިލާއަކަށް 150،000 ރުފިޔާގެ ފައިސާގެ އެހީ އާއި މުނި ހޯމްކެއަރގެ ފަރާތުން ހަދިޔާ ކޮށްފައިވާ ތަކެތި ހަވާލު ކޮށްފައެވެ. އަދި ދެވަނަ އާއިލާއަށް 100،000 ރުފިޔާގެ ފައިސާގެ އެހީ އާއި މުނި ހޯމްކެއަރ ގެ ފަރާތުން ހަދިޔާކޮށްފައިވާ ތަކެތި ވަނީ ހަވާލުކޮށްދީފައެވެ.

މީގެ އިތުރުން އަނެއް އާއިލާއަށް 15،000 ރުފިޔާގެ ފައިސާގެ އެހީއާއި ތަކެތި ވަނީ ހަވާލުކޮށްދީފައެވެ. މުނި ހޯމްކެއަރ އިން މި އާއިލާ ތަކަށް ހަދިޔާ ކޮށްފައިވާ ތަކެތީގެ އަގު 95،000 ރ، އާއި 100،000 ރުފިޔާ އާއި ދެމެދުގެ އަގަކަށް އަރާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ނަން ހާމަ ކުރަން ބޭނުން ނުވާ ހެޔޮ އެދޭ ފަރާތަކުންނެވެ. ފައިސާގެ އެހީ އާއި ތަކެތީގެ އެހީ އެ އާއިލާތަކާ ހަވާލުކޮށްދެއްވީ ރާއްޖެޓީވީގެ ހެޑް އޮފް ކޯޕަރޭޓް އެފެއަރޒް އައިމިނަތު ރީޝާއެވެ.

"މިވެސް ދިވެހިން" ޕްރޮގްރާމްގައި ގެނެސްދިން އާއިލާތަކުން ބުނީ މި އެހީގެ ސަބަބުން އެ އާއިލާތަކުން ކުރަން ބޭނުންވެ ނުކުރެވިފައިވާ ބޮޑެތި ޚަރަދުތަކަށް ވަރަށް ބޮޑު ލުއިކަމެއް ލިބިގެން ދާނެ ކަމަށެވެ.

މި ޕްރޮގްރާމުގައި ބައިވެރިވި އާއިލާ ތަކަކީ މާލޭގައި ދަތި ހާލުގައި މިވަގުތު ދިރިއުޅެމުންދާ އާއިލާ ތަކެކެވެ.

 އެހީ ހަވާލު ކުރުމުން އެ އާއިލާތަކުން ވަނީ ރާއްޖޭ ޓީވީ އާއި އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް