ކ. މާލެ
|
23 ޖޫން 2018 | ހޮނިހިރު 18:42
އިންޑިއާ އާއި ބެލްޖިއަމްގެ ޚާރިޖީ ވަޒީރުންނާއި އޮފިޝަލުން ބްރަސަލްސްގައި ބައްދަލުކުރައްވަނީ
އިންޑިއާ އާއި ބެލްޖިއަމްގެ ޚާރިޖީ ވަޒީރުންނާއި އޮފިޝަލުން ބްރަސަލްސްގައި ބައްދަލުކުރައްވަނީ
އެމްއީއޭ/އިންޑިއާ
ދިވެހިރާއްޖެ - އިންޑިއާ
ރާއްޖެއާ ބެހޭ ގޮތުން އިންޑިއާ އާއި ބެލްޖިއަމްގެ ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވައިފި
ސުޝްމާ ގެންދަވަނީ ޔޫރަޕްގެ ޤައުމުތަކަށް ދަތުރުފުޅެއް ކުރައްވަމުން
ރާއްޖެ-އިންޑިއާ އަދި ރާއްޖެ-އީޔޫ ގުޅުންތައް ވަނީ ގޯސްވެފައި
ސަރަހައްދީ ގުޅުންތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި

ރާއްޖޭގެ ސިޔާސީ މަސްރަހާއި އިންޑިއާ ކަނޑުގެ މައްސަލަތަކާ ގުޅޭ ގޮތުން އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖާއި ބެލްޖިއަމްގެ ޚާރިޖީ ވަޒީރު އަދި އެޤައުމުގެ ބޮޑުވަޒީރުގެ ނާއިބު ޑިޑިއަރ ރޭންޑަރސް މަޝްވަރާކުރައްވައިފިއެވެ.

ޔޫރަޕްގެ ހަތަރު ޤައުމަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސުޝްމާ ސްވަރާޖް ބެލްޖިއަމަށް ވަޑައިގަތީ ލަގްޒެމްބަރގްއަށް ވަޑައިގަތުމަށް ފަހު ހޮނިހިރު ދުވަހުއެވެ. އެކަމަނާ ވަނީ އޭގެ ކުރިން އިޓަލީ ވިލާތާއި ފަރަންސޭސީވިލާތަށް ވަޑައިގެންފައެވެ. ބެލްޖިއަމް އާއި އިންޑިއާގެ ޚާރިޖީ ވަޒީރުން ބްރަސަލްސްގައި ބޭއްވި މި ބައްދަލުވުމުގައި ދެ ސަރަހައްދުގެ ގުޅުމާ ބެހޭ މަޝްވަރާކުރެވުނެވެ. އަދި ރާއްޖޭގެ އިތުރުން އިތުރުން އަފްޣާނިސްތާނު، މިޔަންމާ އަދި އީރާނުގެ ނިއުކްލިއަރ އެއްބަސްވުމާއި ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް އިންޑިއާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ރަވީޝް ކުމާރު ވިދާޅުވިއެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ބެލްޖިއަމްއަށް ވަޑައިގަތުމުން އެޤައުމުގެ ޚާރިޖީ ވަޒީރު މަރުހަބާ ދަންނަވަނީ

 

ރާއްޖެއާ ބެހޭ ގޮތުން އީޔޫގެ ނުފޫޒުގަދަ އެއް ޤައުމު ކަމަށްވާ ބެލްޖިއަމް އާއި އިންޑިއާ އިން މަޝްވަރާކޮށްފައި މިވަނީ ވިލާތުގެ ޤައުމުތަކާއި އަދި އިންޑިއާއާ އެކު ރާއްޖެއިން ބާއްވަމުން އަންނަ ގުޅުންތަކަށް ލޮޅުން އަރާފައިވާ ދަނޑިވަޅެއްގައެވެ. ވިލާތުގެ އިއްތިޙާދުން ރާއްޖޭގެ ސަރުކާރަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ ފަހުގެ އިންޒާރު ދީފައިވާއިރު، އިންޑިއާ އިން ވަނީ ސަރުކާރާއި ދެކޮޅަށް ނުސީދާކޮށް މިހާރު ވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް