ކ. މާލެ
|
23 ޖޫން 2018 | ހޮނިހިރު 14:37
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ކަށަވަރުކުމާ ބެހޭ ޚާއްސަ ފޯރަމްގައި މިނިސްޓަރު ޒެނީޝާ ވާހަކަފުޅު ދައްކަވަނީ...
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ކަށަވަރުކުމާ ބެހޭ ޚާއްސަ ފޯރަމްގައި މިނިސްޓަރު ޒެނީޝާ ވާހަކަފުޅު ދައްކަވަނީ...
މުހައްމަދު ޝަރުހާން
މިނިސްޓަރު ޒެނީޝާ
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެންމެ ބޭނުންވަނީ ސްމާޓް ސިޓީއެއް: މިނިސްޓަރު ޒެނީޝާ
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް "އެކްސެސިބިލިޓީ" އާއި "އިންކްލޫސިވިޓީ" ކަށަވަރު ކޮށްދިނުމަށް އެންމެ ބޭނުން އެއް ވަސީލަތަކީ ސްމާޓް ސިޓީތަކެއް
ޚިދުމަތްތައް ފުރިހަމަވެފައިވާ ސިޓީތަކެއް ނުވަތަ ރަށްތަކެއް ނުކުޅެދޭ މީހުންނަށް ވެސް އެންމެ ފުރިހަމަ ގޮތުގައި ދިރިއުޅެވޭ ގޮތަށް ތަރައްގީ ކުރަންޖެހޭ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު އެންމެ ބޭނުންވަނީ ސްމާޓް ސިޓީތަކެއް ކަމަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ކަށަވަރުކުމާ ގުޅޭ ޚާއްސަ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ޒެނީޝާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް "އެކްސެސިބިލިޓީ" އާއި "އިންކްލޫސިވިޓީ" ކަށަވަރު ކޮށްދިނުމަށް އެންމެ ބޭނުން އެއް ވަސީލަތަކީ ސްމާޓް ސިޓީތަކެއް ކަމަށެވެ.

މިނިސްޓަރު ޒެނީޝާ ވިދާޅުވީ، ސައިންސާއި ޓެކްނޮލޮޖީގެ ސަބަބުން އާންމު ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި ދިވެހިންނަކީ ޒަމާނީ ވަސީލަތްތައް ފުޅާ ދާއިރާއެއްގައި ހިފާބައެއް ކަމަށެވެ. އެހެންކަމުން ޚިދުމަތްތައް ފުރިހަމަވެފައިވާ ސިޓީތަކެއް ނުވަތަ ރަށްތަކެއް ނުކުޅެދޭ މީހުންނަށްވެސް އެންމެ ފުރިހަމަ ގޮތުގައި ދިރިއުޅެވޭ ގޮތަށް ތަރައްގީ ކުރަންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރު ޒެނީޝާ ވިދާޅުވީ މިފަދަ ސްމާޓް ސިޓީއެއް ތަރައްގީ ކުރުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. އެގޮތުން ސްމާޓް ސިޓީގެ ގޮތުގައި ހުޅުމާލެއަކީ އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ހުރިހާ ފަރާތްތަކަށްވެސް ޚިދުމަތް ހޯދޭގޮތަށް ފަސޭހަކާމާއެކު ދިރިއުޅެވޭ ގޮތަށް ތަރައްގީ ކުރާ ތަނެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

" ސްމާޓް ސިޓީއަކީ ހަމައެކަނި އިންފޮމޭޝަން ނެކްނޮލޮޖީގެ ވަސީލަތްތަކަށް އެކަނި ފަސޭހައިން އެކްސެސް ވެވޭވެނެ މަގުފަހިކުރުމެއް ނޫން. މުޖުތަމައުގައި ހިމެނޭ ހުރިހާ ފަރާތްތައް ހިމެނޭ ގޮތަށް ކުރިއަށް ގެންދާ މިޕްރޮޖެކްޓް ފަރުމާ ކޮށްފައިވަނީ ޔުނިވާސަލް ޑިޒައިން ކަމަށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ. ޔުނިވާސަލް ޑިޒައިންގެ އެންމެ މުހިންމު އެއް ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިނިވަން ކަމާއެކު އުޅެވޭނެ ގޮތަކަށް ސިޓީއެއް ބައްޓަން ކުރެވުން " މިނިސްޓަރު ޒެނީޝާ ވިދާޅުވިއެވެ.

މިނިސްޓަރު ޒެނީޝާ ވިދާޅުވީ، ފުރަތަމަ ފަހަރަށް ޔުނިވާސަލް ޑިޒައިންއަކަށް ޕްރޮޖެކްޓް ކުރިއަށް ގެންދާއިރު ތަފާތު ގޮންޖެހުންތަކާއި ކުރިމަތިވާ ކަމަށެވެ. އަދި މިގޮންޖެހުންތައް ދެނެގަތުމަށްޓަކައި ވަކިން ޚާއްސަކޮށް ޔުނިވާސަލް ޑިޒައިންގެ މުހިންމު ލަޑުދަނޑިތައް ހާސިލްކުރުމަށް ކަމާބެހޭ ތަޖުރިބާކާރުންގެ އެހީގައި މަސައްކަތް ކުރަމުންދާ ކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް