ކ. މާލެ
|
23 ޖޫން 2018 | ހޮނިހިރު 14:42
ބާޒާރުތަކެތި
ބާޒާރުތަކެތި
ރާއްޖެ އެމްވީ
ރާއްޖެއަށް އެތެރެކުރާ މުދާ
އިންޑިއާއިން ރާއްޖެ އެތެރެކުރާ ތަކެތީގެ ކޯޓާގެ މިންވަރު ދަށްކޮށްފި
ކޯޓާ ކުޑަ ކުރިކަން އެނގިގެން ގޮސްފައިވަނީ އިންޑިޔާގެ ސަރުކާރުން އާންމުކުރި ލިޔުމުން
އެންމެ ބޮޑު ދަށްވުމެއް ފެނިފައިވަނީ ފުށުން

އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ތަކެތީގެ މިންވަރު ދަށްވެފައިވާކަން ހާމަވެއްޖެ އެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ޑިޕާޓްމެންޓް އޮފް ކޮމާސް އިން އާންމުކޮށްފައިވާ ލިޔުމުގައި ވަނީ މިއަހަރުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް އެތެރެ ކުރުމަށް ކަނޑައަޅާފައިވާ ކޯޓާތަކުގެ އަދަދުތައް ހާމަކޮށްފަ އެވެ. އެގޮތުން އަލުވިގެ 5308 މެޓްރިކް ޓަނު އެތެރެ ކުރުމަށް ވަނީ ކަނޑައަޅާފަ އެވެ. ފިޔާގެ 9892.03 މެޓްރިކް ޓަނު، ހަނޑޫގެ 24581.07 މެޓްރިކް ޓަނާއި ފުށުގެ ގޮތުގައި 946.21މެޓްރިކް ޓަނާއި 338.47 މެޓްރިކް ޓަނުގެ ހަކުރާއި 31.59 މެޓްރިކް ޓަނުގެ މުގާއި 111  މިލިއަން ބިސް އެތެރެ ކުރުމަށް ވަނީ ކަނޑައަލާފަ އެވެ.

އެންމެ ބޮޑު ދަށްވުމެއް ފެނިގެން ގޮސްފައިވަނީ ފުށުންނެވެ. އެގޮތުން މިދިޔަ އަހަރާ އަޅާ ބަލާ އިރު  98.4 ޕަސެންޓް ގެ ދަށްވުމެއް ވަނީ ފެނިގެން ގޮސްފަ އެވެ. މިދިޔަ އަހަރުގައި 59442 މެޓްރިކް ޓަނުވަނީ އެތެރެ ކުރުމަށް ހުއްދަދީފަ އެވެ.

މީގެ އިތުރުން ހަކުރުން ވެސް ގާތްގަނޑަކަށް 97 ޕަސެންޓްގެ ދަށްވުމެއް ފެނިގެން ދިޔަ އެވެ. މީގެ އިތުރުން ފިޔާ އެތެރެ ކުރުމުގައި ވެސް ވަނީ ކޯޓާ ދަށްކޮށްފަ އެވެ.

މި މިންވަރަށް ތަކެތި ރާއްޖެއަށް އެތެރެ ކުރުމަށް ކަނޑައަޅާފައިވާ އިރު މިއީ މިފާއިތުވެދިޔަ އަހަރުތަކާ އަޅާ ބަލާއިރު ބައެއް ބާވަތްތަކުން މަދުން އިޕޯޓް ކުރުމަށް ކަނޑައަޅާފައިވާކަން ފާހަގަކުރެވެ އެވެ. މިފާއިތުވެ ދިޔަ އަހަރުތަކުގައި އިންޑިއާއިން އެއްބަސްވެފައިވަނީ ރާއްޖެއިން ހުށަހަޅާ މިންވަރުތަކަކަށް ކަމަށް އިންޑިއާގެ ދި ވަޔަރ ނޫހުގައި ފާހަގަކޮށްފައިވެ އެވެ. އެހެން ނަމަވެސް ކޯޓާ ކަނޑައެޅުމުގައި މިއަހަރު އިންޑިއާއިން ބަލާފައިވަނީ މިފާއިތިވެދިޔަ ތިން އަހަރުގައި ރާއްޖެއިން ކަނޑައަޅާފައިވާ ތަކެތި ބޭނުން ކުރި މިންވަރަށެވެ.

 ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އެތެރެކުރާނެ ތަކެތީގެ މިންވަރު ކަނޑައަޅަނީ 1981 ވަނަ އަހަރުގައި ރާއްޖެއާއި އިންޑިއާއާއި ދެމެދު ވެފައިވާ ވިޔަފާރީގެ އެއްބަސްވުމުގެ ދަށުންނެވެ. ދެގައުމުގެ ދެމެދުގައި ހެދިފައިވާ ވިޔަފާރީގެ އެއްބަސްވުމުގައި ވަނީ ކޯޓާ ކަނޑައަޅާނީ އިންޑިއާ ސަރުކާރުން ކަމަށާއި އެހެން ނަމަވެސް ތަކެތި އެތެރެ ކުރުމުގައި ކޯޓާ ކަނޑައެޅުމުގައި މާކެޓުގައި ތަކެތި ހުރި މިންވަރާއި ރާއްޖެއިން އެތަކެތި ބޭނުންވާ މިންވަރަށް ބަލަންޖެހޭނެ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް