ކ. މާލެ
|
23 ޖޫން 2018 | ހޮނިހިރު 04:40
އަސްކަރީ ކޯލިޝަނުން ޔަމަނުގެ ހުދައިދާއަށް ހަމަލަ ދޭން ފަށާފައި ވަނީ ބުދަ ދުވަހު
އަސްކަރީ ކޯލިޝަނުން ޔަމަނުގެ ހުދައިދާއަށް ހަމަލަ ދޭން ފަށާފައި ވަނީ ބުދަ ދުވަހު
އޭއެފްޕީ
ޔަމަން ހަނގުރާމަ
ޔަމަން ހަނގުރާމަ: ހޫޘީން ހަނގުރާމަވެރިންގެ އިސް ލީޑަރެއް ހައްޔަރުކޮށްފި
ހައްޔަރު ކޮށްފައި ވަނީ ހުދައިދާ އެއަޕޯޓަށް ހަމަލޭން ރާވަނިކޮށް
ހުދައިދާ އެއާޕޯޓްގެ ސަރަހައްދުގައި ވަރުގަދައީ އަސްކަރީ ކޯލިޝަން
ދުރުގައި ތިބެގެން ހުދައިދާ އެއަރ ޕޯޓްއަށް އަދިވެސަް ހަމަލާދޭ

ސައުދީ އަރަބިއްޔާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އިސްކޮށް އޮވެ އުފައްދާފައިވާ އަސްކަރީ ކޯލިޝަނުން ޔަމަނަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހޫޘީ ހަނގުރާމަވެރިންގެ އިސް ލީޑަރަކު ހައްޔަރު ކޮށްފިއެވެ.

ޔަމަން ސަރުކާރުގެ އަސްކަރީ އޮފިޝަލުން މީޑިއާއަށް ދިން އިންޓަވިއުގައި ބުނީ، އެ މީހުން ހިންގި އޮޕަރޭޝަންގައި ހައްޔަރު ކޮށްފައި ވަނީ ހޫޘީންގެ އިސް ލީޑަރެއް ކަމަށްވާ އަބޫ ޖަލާލް އަލް ރިޔާމި ކަމަށެވެ. އޭނާ ހައްޔަރު ކުރީ ހުދައިދާގެ "ޕޯޓް" ސިޓީ އިން ކަމަށާއި އޭރު އޭނާ ދިޔައީ އަސްކަރީ ކޯލިޝަނުގެ ބާރު ދަށަށް ގެނެސްފައިވާ ހުދައިދާގެ އެއަރޕޯޓަށް ހަމަލާ ދޭނެ ގޮތެއް ރޭވުމަށްޓަކައި ހޫޘީންގެ ހަނގުރާމަ ވެރިންނާ މަޝްވަރާ ކުރަމުން ކަމަށެވެ. އެއަޕޯޓަށް އެމީހުން ހަމަލާ ދޭން ރޭވީ އެ ސަރަހައްދު އެ މީހުންގެ ބާރުގެ ދަށަށް ގެންނަން ކަމަށްވެސް ޔަމަންގެ އަސްކަރިއްޔާއިން ބުނެއެވެ.

ޔަމަންގެ އަސްކަރިއްޔާއިން ބުނީ އެ މީހުން ކިތަންމެ ރޭވުމެއް ރޭވި ކަމުގައި ވިއަސް އެ މީހުންގެ ރޭވުން ނާކާމިޔާބު ކޮށްލާފާ ކަމަށާއި މިކަމުން ވެސް ދޭހަ ވަނީ ހޫޘީންގެ ބާރު އެ ސަރަހައްދުން ކެޑިފައިވާ މިންވަރު ކަމަށެވެ.

ސައުދީގެ އަމިއްލަ ވެބްސައިޓެއްކަމަށްވާ އަލް އަރަބިއްޔާއިން ބުނީ ހުޘީން އަދިވެސް ދަނީ އެ މީހުންގެ އަތުން އަތުލައިގަނެވުނު ހުދައިދާގެ އެއަޕޯޓު ހޯދުމަށްޓަކައި މަސައްކަތް ކުރަމުން ކަމަށާއި އެ ގޮތުން އެ މީހުން ދަނީ ޔަމަނުގެ އެކި ސަރަހައްދު ތަކުގައި ތިބެގެން ހުދައިދާގެ އެއަޕޯޓާ ދިމާލަށް ރޮކެޓް ހަމަލާ ފޮނުވަމުން ކަމަށެވެ.

- ކޮމެންޓް